logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

މިނާގައި ދިވެހި ހައްޖުވެރިން ތިބި ޓެންޓުގެ ޖާގައިގެ ދަތިކަން ބޮޑުކަމަށް ހައްޖު ކޯޕަރޭޝަނުން އިއުތިރާފުވެއްޖެ

މިނާގައި ދިވެހި ހައްޖުވެރިން ތިބި ޓެންޓްތަކުގައި ޖާގައިގެ ދަތިކަން ބޮޑުކަން ފާހަގަ ކުރެވިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން އިއުތިރާފުވެއްޖެއެވެ.

އެގޮތުން ޓެންޓުތަކުގައި އިތުރު އެއްވެސް ޖާގައެއް ނެތި، ހައްޖުވެރިން ފިތި ބާރުވެގެން ތިބެން ޖެހިފައިވާ ކަމަށް އާންމުންގެ ގިނަ ބަޔަކު ފޮޓޯ އާއި ވީޑިއޯއާއެކު ސޯޝަލް މީޑިއާގައި ނުރުހުމާއެެކު ސަމާލުކަމަށް ގެނެސްފައި ވީނަމަވެސް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އޭރު ވިދާޅުވަމުން ގެންދެވީ ހައްޖުގެ އިންތިޒާމުތައް "ވަރަށް ފުރިހަމަ" ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަކީލް މީޑިއާގައި ވިދާޅުވި ގޮތުގައި، ޓެންޓްތަކުގެ ޖާގަ އިތުތަށް ތަނަވަސް ކުރެވެން އޮތް އެއްގޮތަކީ އިތުރު ހަރަދުތައް ކުރުމެވެ. އެހެން ނަމަވެސް ހައްޖު ކޯޕަރޭޝަނާއި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ހައްޖުވެރިންނަށް ދިމާވެދާނެ ކަމަށް ބެލެވޭ ދަތިތައް ހައްލުކޮށް ވީހާވެސް ރަނގަޅު ހިދުމަތެއް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ހައްޖުގައި ދިމާވި މައްސަލަތަކާއި، ފާހަގަކުރެވުނު ޝަކުވާތައް ދެނެގަނެ އެކަން ހައްލު ކުރާނެކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *