logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024
ވަވައްޗަށް ލެއްގި ޑިންގީ

ސޯމާލިއާ ތިން މީހުންނަށް ނ. ހޮޅުދޫއިން ވަގުތީ ބޯހިޔާވަހިކަން

ނ. އަތޮޅު ފަޅު ރަށަކަށް ޑިންގީއަކާ އެކު ލައްގާފައި ތިއްބާ އިއްޔެ ފެނުނު ސޯމާލިޔާ ތިން މީހުންނަށް ނ. ހޮޅުދޫއިން ވަގުތީގޮތުން ބޯހިޔާވަހިކަން ދީފިއެވެ.

ފުލުހުން ބުނީ އެ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން އާދެވުނު ބައެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

ހޮޅުދޫއިން އެ މީހުންނަށް ބޯހިޔާވަހިކަން ދިނީ އެ ރަށު ކައުންސިލްގެ އެހީތެރިކަމާއެކުގައި ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއަށް ލެއްގި ސޯމާލިޔާ މީހުންނަކީ މަސްވެރިންތޯ ނުވަތަ ކަނޑުފޭރޭ ބައެއްތޯ އަދި ކަށަވަރެއް ނުވެއެވެ.

އިންޑިއާ ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް އަރައި، ކަނޑުފޭރުމުގެ މައްސަލަތައް އިތުރުވެގެންދިޔަ ދުވަސްވަރު ރާއްޖެއަށް ކުދިކުދި ޑިންގީފަދަ އުޅަނދުފަހަރުގައި 40 އަށް ވުރެ ގިނަ ސޯމާލިޔާ މީހުން ލެއްގިއެވެ. އެ މީހުން ރާއްޖެއަށް ލައްގާފައި ވަނީ 2010 ވަނަ އަހަރާއި 2013 ވަނަ އަހަރާ ދެމެދުގައެވެ.

އެ މީހުން ރާއްޖެއިން ފުރުވާލީ، ޗާޓަރު ފްލައިޓެއްގައި 2013 ވަނަ އަހަރުގެ ޑިސެންބަރުގައެވެ. އެކަމަށް އެހީތެރިވެދިނީ އދ. ގެ ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމްސް (ޔޫއެންއޯޑީސީ)ނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *