logo minivan

English

އަންގާރަ, 16 ޖުލައި 2024
އިޓަލީވިލާތުގެ ދެމަފިރިއަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ--- ފޮޓޯ/ ޓްރެވަލް ނިއުސް ޓޯކް

އިއްޔެގެ ނިޔަލަށް ރާއްޖެއަށް 981,070 ފަތުރުވެރިން ޒިޔާރަތްކޮށްފި

އިއްޔެގެ ނިޔަލަށް ރާއްޖެއަށް 981,070 ފަތުރުވެރިން ޒިޔާރަތްކޮށް، ޔޫރަޕުން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރެފައިވާ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް ދައްކުވައިދޭ ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތަ އިތުރުވެފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 890,363 އެވެ.

މިއަހަރުގެ މިހާތަނަށް ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ ވަރަށްބޮޑުތަން އިތުރުވެފައެވެ. މި ތަފާސްހިސާބަށް ބަލާއިރު، ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކުގެ ތެރެއިން އަހަރުން އަހަރަށް އެންމެބޮޑަށް ދަށަށްގޮސްފައިވަނީ އިންޑިއާ މާކެޓެވެ.މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަސް ނިމިގެންދިޔައިރު، ރާއްޖޭގެ އެއްވަނަ މާކެޓްގެ ގޮތުގައި އިންޑިއާ އޮތްނަމަވެސް މިހާރު އިންޑިއާ އަކީ ރާއްޖޭގެ 6 ވަނަ މާކެޓެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ޒުޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 35,120 އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިްނ ޒިޔާރަތްކުރި ޤައުމުތައް:

  1. ޗައިނާ: 113,702
  2. ރަޝިއާ: 100,677
  3. ޔޫކޭ: 91,032
  4. އިޓަލީ: 78,515
  5. ޖަރުމަން: 76,324

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، މިދުވަސްކޮޅު ޖުމްލަ ގޮތެއްގައި ކޮންމެދުވަހަކު ރާއްޖެއަށް 5,638 ފަތުރުވެރިން ޒިޔާރަތްކުރާއިރު، އެމީޙުން ރާއްޖޭގައި ހަފްތާއެއްހާ ދުވަހު މަޑުކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަން ފަހަނަ އަޅައި ދިއުމެވެ. ހިނގަމުން މިދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ދަށް ދުވަސްވަރު ނަމަވެސް، ކުރިން ފަތުރުވެރިން އައުން މަދު ޔޫރަޕްގެ ބައެއް ޤައުމުތަކުން މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ދިވެހީންނަށް ވީ ފައިދާއެއްނެތް
    ބޭންކުތަކުން ޑޮލަރެއް ނުލިބޭ
    ކާޑުގެ ލިމިޓާ އެއް ވަރަށް ރާއްޖެއިން ބޭރުގައި ބޭނުމެއް ނުކުރެވޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *