logo minivan

English

ހޮނިހިރު, 14 ސެޕްޓެމްބަރ 2024

ރައީސް ޔާމީނުއަށް ނިސްބަތްކުރައްވައި އަދުރޭ ވިދާޅުވީ، މަވެތިކަމަކަށް މިއަދު ރައްޔިތުންގެ ތާއީދެއްނެތްކަމަށް

މަވެތިކަމަކަށް މިއަދު ދިވެހި ރައްޔިތުންގެ ތާއީދެއްނެތްކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް ޔާމީނުއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އައު ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން އަދުރޭ ވަނީ ކުރީގެ ރައީސް ޔާމިނުގެ ސިޔާސަތުތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އަދުރޭ ވިދާޅުވީ، ރައީސް ޔާމިނުގެ ސިޔާސަތަކީ މަވެތިކަމުގެ ސިޔާސަތެއްކަމަށާއި އެ ސިޔާސަތުގައި މަޝްވަރާގެ ރިވެތި އުސޫލެއް އެހެންމީހެއްގެ އަޑުއެހުމެއް ނެތްކަމަށެވެ.

ރައީސް ޔާމިނަށް އިންތިހާބުގައި ކުރިމަތި ނުލެއްވޭނޭކަން އެނގިވަޑައިގެންނެވުނު ހިސާބުން ސިޔާސީ މިޝްރާބު ބަދަލުކުރަން ޖެހުނު ކަމަށާއި، އެމަގުން އެކަން ކުރަންޖެހުނު މައިގަނޑު ސަބަބަކީ ހިސާބަށްވުރެ ބޮޑަށް ރައީސް ޔާމީނުގެ އަމިއްލަ އެދުން ބޮޑުވުމުންކަން އަދުރޭގެ ވާހަކައިގައި ސިފަކުރެއްވިއެވެ.

އިތުރު ތަފްސީލް އަންނަނީ..

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *