logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ވިހެއި އެއްމާބަނޑު ދެ ކުދިން މަރާލީ ފިރިހެންކުދިންނަށް ނުވީމައި!

އިންޑިއާގެ ދިއްލީގައި ވިހެއި އެއްމާބަނޑު ދެ އަންހެންކުދިން އުފަންވިތާ 2 ދުވަސް ފަހުން މަރާލައިފިއެވެ.

މަރާލާފައިވާ ދެކުދިންގެ މަންމަ ފުޖާ އިންޑިއާގެ ފުލުހުންނަށް ކިޔާދީފައިވާގޮތުން ދެކުދިންގެ ބައްޕަ ނީރަޖް ސްލަންކީއާއި ޕޫޖާ ކައިވެނިކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. ކައިވެންޏަށްފަހު ނީރަޖް ސްލަންކީ އާއި އޭނާގެ ދައްތަ ދިޔައީ ފިރިހެން ދަރިއަކު ވިހެއުމަށް އެދި ޕްރެޝަރުކުރަމުންނެވެ.  ޕޫޖާ މާބަނޑުވެ ވިހަން ނިއުދިއްލީ ހޮސްޕިޓަލަށް ގެންދެވުމާ ހަމައަށްވެސް ފިރިމީހާ އުންމީދުކުރަމުންއައީ ފިރިހެން ކުއްޖެއް ވިހާނެކަމަށެވެ. ނަމަވެސް މެއި 30 ވަނަ ދުވަހު ޕޫޖާ އަށް އެއްމާބަނޑު ދެ އަންހެންކުދިން ލިބުމާއެކު ފިރިމީހާގެ ނުރުހުމުގެ ބަސްތައް ހޮސްޕިޓަލުގައި ޕޫޖާއަށް ރަށްދުކޮށްފައިވެއެވެ.

ވިހެއުމަށްފަހު އޭގެ ދެ ދުވަސްފަހުން ޕޫޖާ އާއި ދެކުދިން ހޮސްޕިޓަލުން ދޫކޮށްލުމާއެކު ފިރިމީހާ ޕޫޖާ ގާތު ބުނީ ދެކުދިން ގޮވައިގެން އެހެން ކާރެއްގައި ގެއަށް ދާނެކަމަށާއި ޕޫޖާ ވަކި ކާރަކަށް އެރުމަށެވެ. ނަމަވެސް ޕޫޖާ ކިޔާދިން ގޮތުގައި ފިރިމީހާ އެރި ކާރު ވަކި ހިސާބަކުން އެހެން މަގަކަށް އަޅައި ގެއްލުނެވެ.

އެހާހިސާބުން ޕޫޖާގެ ކޮށްކޮ ނީރަޖް އަށް ގުޅަން މަސައްކަތްކުރިނަމަވެސް ފޯނު ނިއްވާލާފައިވާތީ ގުޅޭގޮތެއްނުވިއެވެ. އެއާއެކު ޕޫޖާ އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ހޯދި ހޯދުންތަކުން ޖޫން 5 ވަނަދުވަހު އެ ދެކުދިންގެ ހަށިގަނޑު ވަނީ ވަޅުލާފައި އޮއްވާ ހޯދާފައެވެ. އަދި އެ މައްސަލައާއި ގުޅިގެން ނީރަޖް ގެ ބައްޕަ (އެ ދެކުދިންގެ ކާފަ) ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އަދި ނީރަޖް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *