logo minivan

English

އަންގާރަ, 17 ސެޕްޓެމްބަރ 2024

މިނިސްޓަރ ސައީދު ޗައިނާއަށް ފުރާވަޑައިގެންފި

ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު ޗައިނާގެ ޑާލިއަންއަށް ކުރައްވާ މި ދަތުރުފުޅުގައި ވިޔަފާރީގެ ދާއިރާ އާއި މާލީ ދާއިރާ ކުރިއެރުވުމާއި ގުޅޭ ކަންކަމާ ގުޅޭ ގޮތުން ޗައިނާގެ ކޮމާސް މިނިސްޓަރާއި އެހެނިހެން އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓަރ ސައީދު ވަނީ ރާއްޖޭގެ މާލީ ހާލަތު ވަރުގަދަ ކުރުމަށް މަޝްވަރާ ކުރަން މީގެ ކުރިން އިނގިރޭސިވިލާތަށް ވެސް ވަޑައިގެންފައެވެ.

އެ ދަތުރުފުޅުގައި އެ ގައުމުގެ ފައިނޭންޝަލް އެސޯސިއޭޝަންތަކާއި އިންވެސްޓްމަންޓް އެސޯސިއޭޝަންތަކުގެ އިތުރުން ފައިނޭންޝިއަލް ސެކްޓަރުގައި ހިމެނޭ ބޭފުޅުންނާއިއެކު މަޝްވަރާ ބައްދަލުވުންތައް އެ ދަތުރުފުޅުގައި އެ ގައުމުގެ ފައިނޭންޝަލް އެސޯސިއޭޝަންތަކާއި އިންވެސްޓްމަންޓް އެސޯސިއޭޝަންގެ އިތުރުން ފައިނޭންޝިއަލް ސެކްޓަރުގައި ހިމެނޭ ބޭފުޅުންނާއިއެކު މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވާފައެވެ.

އޭގެ އިތުރުން، މިނިސްޓަރ ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެމެރިކާއަށް ވަޑައިގެންނެވުމަށް ވެސް ނިންމަވާފައިވާ ކަމަށް މީގެކުރިން ވިދާޅުވެފައެވެ. އެ ދަތުރުފުޅުގައި ރާއްޖޭގެ އިގްތިސާދުގެ "އީކޯ ސިސްޓަމް" ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *