logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މާލެއިން 18 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ، ހ. ބްލޫސްކޫޕް (މިހާރު ދިރިއުޅޭ އެޑްރެސް: ހ. ބްލޫޑްރީމް) އުމުރުން 18 އަހަރުގެ ހުސައިން ޒިހާން ކަމަށެވެ.

އާއިލާ އަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޒިހާން އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެގޮތުން، ޒިހާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަހުން ވެސް މާލެއިން ވަނީ 14 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން ފުވައްމުލަކަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދުމަށް އިއުލާނުކޮށްފައެވެ. ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން އެ ކުއްޖާ ވަނީ ހޯދަން އިއުލާނުކުރި ދުވަހުގެ ރޭ ފެނިފައެވެ. ނަމަވެސް ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އެ ޒުވާނާ އަދިވެސް ނުފެނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *