logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ރައީސް ޑރ.މުއިއްޒު، ދަރަނިތައް ދެއްކިކަމަށް ބުނާ ހިސާބުތައް ދިމައެއްނުވޭ: ރައީސް ޔާމީން

އަދުގެ ސަރުކާރުން އަދާކުރި ދަރަންޏާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރޭ ވިދާޅުވި ހިސާބުތައް ދިމާނުވާކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.

ފްރޮންޓް އޮފީހުން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޔާމިނު ވިދާޅުވީ، މަރުކަޒީ ބޭންކާއި، ދައުލަތުގެ ޓެކްސް އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރައީސް ޑރ.މުއިއްޒު ރޭ ވިދާޅުވި އަދަދުތަކާ ވަރަށްބޮޑު ފުށުއެރުމެއް އެބަހުރިކަމަށެވެ.

ރައީސް ޔާމިން ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިވީ 7 މަސް ދުވަހުގެ ތެރޭގައި ދައުލަތުން އެކި ފަރާތްތަކަށް ދަރަނީގެ ގޮތުގައި 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވާއިރު، ފުރަތަމަ ކަމަކަށް އެވަރަށް ދައުލަތަށް އާމްދަނީވެސް ލިބިފައި ނުވާކަމަށެވެ.

ރައީސް ޑރ.މުއިއްޒު ރޭ ވިދާޅުވެފައިވަނީ ފައިސާ ޗާޕްނުކޮށް ދަރަނީގެ ގޮތުގައި އެކި ފަރާތްތަކަށް 13 ބިލިއަން ރުފިޔާ ދައްކާފައިވާއިރު، މީގެ ތެރޭގައި ދިވެހި ކުންފުނިތަކަށް 9 ބިލިއަން ރުފިޔާ އަދި ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް ދެއްކި 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނޭކަމަށެވެ.

ރައީސް ޔާމިން ވިދާޅުވީ ދައުލަތުގެ ޓެކްސް އިދާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބައިތުލްމާލަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.6 ބިލިއަން ރުފިޔާ ކަމަށެވެ. ދަރަނިތައް ދެއްކުމަށް 13 ބިލިއަން ނަގާފައި ސަރުކާރު މުއައްޒަފުންގެ މުސާރަތަކަށާއި އެނޫންވެސް ހަރަދުތަކަށް ފައިސާ ހޯދިގޮތް ބަލަންޖެހޭ ކަމަށާއި، ލޯނުތަކުގެ އިތުރުން ދައުލަތުގެ ހަރަދުތައް ކުރުމަށް ސަރުކާރުން މަރުކަޒީ ބޭންކުން ފައިސާ ނަގާފައިވާކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ..

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *