logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ފުވައްމުލަކުން ގެއްލުނު ޒުވާނާ 10 ދުވަސް ފަހުން އާއިލާއަށް ހަބަރުވެއްޖެ

މާލެއިން ގެއްލުނު ފުވައްމުލަކު ޒުވާނާ ގެއްލިގެން ހޯފާތާ 10 ދުވަސް ފަހުން އާއިލާ އަށް ގުޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު އިޔާޝް ވަސީމް (24އ) އެވެ.

ފުލުހުން މީގެ ކުރިން ބުނީ އިޔާޝްގެ ހަބަރެއް ނުވެ އާއިލާއިން އެކަން ރިޕޯޓް ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

ނަމަވެސް ފުލުހުން ރޭ ބުނީ މިހާރު އިޔާޝް އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އިޔާޝް ފެނުނު ކަމަށް ފުލުހުން އިއުލާންކޮށްފައިވާއިރު، މިމަހުގެ 21 ވަނަ ދުވަހު މާލޭން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 18 އަހަރުގެ ހުސެއިން ޒިހާން ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ރޭ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *