logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އީދު މިސްކިތުން ފަންކާ ވަގަށް ނެގި މީހާ ހައްޔަރުކޮށްފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ އީދު މިސްކިތުން ފަންކާއެއް ވަގަށް ގެންދިޔަ މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އީދު މިސްކިތުން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން އެ ކޯޓުން އަމުރު ކުރި ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާއިރު، އެމީހާ އީދު މިސްކިތުން ފަންކާއެއް ވަގަށް ގެންދިޔަ ތަން ފެންނަ ސީސީޓީވީ ފޫޓޭޖްގެ މަންޒަރު މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި ރީނދޫ ކުލައިގެ ޓީޝާޓެއް ލައިގެން ތޮތްޕަކާއި މާސްކެއް އަޅައިގެން ހުރެ އެމީހާ މިސްކިތް ތެރޭގައި ހަަރަކާތްތެރިވުމަށްފަހު ފަންކާ ވަގަށް ނަގައިގެން ގެންދާ މަންޒަރު ފެނެއެވެ.

މާލޭގެ އީދު މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ގިނަވަމުން އަންނައިރު، މާލެސިޓި ކައުންސިލުން ވަނީ މިމަހުގެ ފުރަތަމަ 20 ދުވަސްތެރޭގައި 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ކުރިން ވިދާޅުވީ މި އަހަރު މިހާތަނަށް މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް 21 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މި މައްސަލަތަކަށް ނިސްބަތްވާ ހަ ފަންކާ އާއި ދެ ފޯނުގެ އިތުރުން ފެންމޯޓަރެއް ހޯދާ ހަވާލުކުރެވިފައިވާ ކަަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *