logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މާލޭގައި މަސްތުވާތަކެތީގެ 50 ހާލި

ސަރުކާރުގެ ބައެއް އިމާރާތްތައް ހިމެނޭހެން މަސްތުވާތަކެތި ބޭނުން ކުރަމުން އަންނަ ކަމަށް ފާހަގަކުރެވިފައިވާ 50 އައްޑާއެއް މާލެއިން ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީގައި މިއަދު އިހުސާން ވިދާޅުވީ, މާލެއިން މިހާތަނަށް ފާހަގަކުރެވިފައިވަނީ 50 އައްޑާ ހިމެނޭ ކަމަށެވެ.

"މީގެ ތެރޭގައި ސަރުކާރުގެ ބައެއް އިމާރާތްތަކާއި އަދި އާންމު ފަރާތްތަކުގެ އިމާރާތްތަކެއް އެބަހުރި، މީގެ ތެރޭގައި ގިނައީ ވެކެންޓުކޮށް ތަންތަނުގެ ގޮތުގައި ހުރި ތަންތަނުގެ އިތުރުން ފަޅުގެ ގޮތުގައި ހުރި ތަންތަން," އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މި ތަންތަނަށް ފުލުހުން ވަދެ ފޮޓޯ ނަގައި އެސެސްމެންޓު ހަދަމުން އަންނަ ކަމަށެވެ.

އައްޑާތަކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ސަރުކާރުގެ ތިން އިމާރާތެއް ތަޅާލުމުގެ ހުއްދައަށް މިހާރު އެދިފައިވާ ކަމަށާއި ހުއްދަ ލިބުމާއެކު އެ މަސައްކަތް ފަށާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ ބައެއް އަމިއްލަ ގޭގެ ތަޅާލުމުގެ ހުއްދަ ވެސް ހޯދަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ މި މައްސަލައަށް ދާއިމީ ހައްލެއް އަންނާނީ ޑްރަގް ސަޕްލައި ރިޑަކްޝަން އަށް ކުރާ މަސައްކަތް ހުއްޓުވިގެން ކަމަށާއި އެކަމަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ