logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ސޯމާލިއާ ތިން މީހުން އިމިގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފި

ފަޅު ރަށަކަށް ޑިންގީއަކާ އެކު ލައްގާފައި ތިއްބާ ފެނުނު ސޯމާލިޔާ ތިން މީހުންނަށް ނ. ހޮޅުދޫއިން ވަގުތީގޮތުން ބޯހިޔާވަހިކަން ދިނުމަށްފަހު މޯލްޑިވްސް އިމިގްރޭޝަންސް އާ މިއަދު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން، ފުލުހުން މިއަދު ބުނީ، އެތިން މީހުން މިއަދު ހުޅުމާލެ އިމްގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ހޮޅުދޫއިން އެ މީހުންނަށް ބޯހިޔާވަހިކަން ދިނީ އެ ރަށު ކައުންސިލްގެ އެހީތެރިކަމާއެކުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ތިން މީހުންނަނީ ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން އާދެވުނު ބައެއް ކަމަށް މިހާތަނަށް ބެލެވިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސޯމާލިއާ ތިން ފިރިހެނުންނެވެ.

ސޯމާލިއާއަކީ ކަނޑުފޭރުމަށް އެންމެ މަޝްހޫރު ގައުމެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ