logo minivan

English

އާދިއްތަ, 06 އޮކްޓޯބަރ 2024

ހަތީބުން ތަމްރީނުކުރާ 2 ވަނަ ބެޗަށް ހުޅުވާލައިފި

އިމާމުވެ ހުކުރު ކުރާނެ ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ފެށި ޕްރޮގްރާމްގެ ދެވަނަ ބެޗް ތިން ސަރަހައްދެއްގައި ބާއްވަން ނިންމައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފަހަރު ޕްރޮގްރާމް ބާއްވަނަ ހަމަޖެހިފައިވަނީ މާލެ އާއި އައްޑޫގެ އިތުރުން މ. އަތޮޅުގައެވެ.

އެގޮތުން، މީގެ ދެވަނަ ބެޗްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި 100 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނުވެފައިވެއެވެ. އެގޮތުން ތަމްރީނުވި ޒުވާނުން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާމުވެ ހުކުރު ކުރަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *