logo minivan

English

ހޮނިހިރު, 14 ސެޕްޓެމްބަރ 2024

ހިޔާ ޓަވަރެއްގައި ކުޑަކުއްޖަކަށް ގުރޫޕަކުން އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ހިޔާ ފްލެޓްގެ ކޮރިޑޯއެއްގައި މީހަކަށް އަނިޔާ ކުރާ ވީޑިއޯ މި މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެ ވީޑިއޯގައި އެއީ ކޮން ބައެއްކަން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެ ވީޑިއޯއިން ފެންނަ ފަރާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާއި ހިއްސާ ކޮށްދިނުމަށް ވެސް އެދިފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ތިން މީހަކު ހިމެނޭ ގުރޫޕަކުން ފިރިހެން ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރެވެ. އެތަނުން އެކަކު ވަނީ އެ ކުއްޖާއަށް އަނިޔާވާ ގޮތަށް ކަރުގައި އަތްއަޅުވައި ފައިން ތަޅާ އަނިޔާކޮށްފައެވެ. މި މާރާމާރީގައި އިސްކޮށް އުޅުނީ އެކަކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *