logo minivan

English

ހޮނިހިރު, 14 ސެޕްޓެމްބަރ 2024

ފޭސް ދޭއްގައި ތަރައްޤީކުރާ "އަސޭރިއާ ހޯމްސް އެންޑް ޓައުން ހައުސް" މަޝްރޫޢު ފަށައިފި

ހުޅުމާލެ ފޭސް ދޭއްގެ އުތުރުގައި ތަރައްޤީކުރުމަށް ނިންމި އަސޭރިއާ ހޯމްސް އެންޑް ޓައުން ހައުސް މަޝްރޫޢުގެ ބިންގާ މިއަދު ހަވީރު އަޅައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އަސޭރިއާ މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފެވެ. އަސޭރިއާ ހޯމްސް އެންޑް ޓައުން ހައުސް މަޝްރޫޢު އަކީ ބެޗް ކޮންސްޓްރަކްޝަނާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުއަކީ 2022 ވަނަ އަހަރު ކުރިއަށްގެންދިއުމަށް ނިންމި މަޝްރޫޢުއެއް ނަމަވެސް އެކިއެކި ސަބަބުތަކާހެދި މަޝްރޫޢުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. އަސޭރިއާ މަޝްރޫޢުގެ ދަށުން ތިން ބާވަތެއްގެ ހައުސިން ޔުނިޓްތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

Image

އޭގެ ތެރޭގައި ހިމެނެނީ ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް، އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް އަދި ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 3 އަހަރުދުވަހުގެ ތެރޭގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *