logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ޖަލަށް ޑްރަގް ވައްދައިގެން ކަރެކްޝަނުގެ 13 އޮފިސަރަކު ހައްޔަރަށް

ޖަލުތަކުގައި ތިބޭ ޤައިދީންނަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިދީގެން މިހާތަނަށް ކަރެކްޝަނުގެ 13 އޮފިސަރަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ޖަލުގައި ތިބޭ ކުށްވެރިންނަށް ޤާނޫނާއި ހިލާފަށް ތަކެތި ވައްދައިދީގެން ކަރެކްޝަނުގެ މުއައްޒަފުންތަކެއް 73 މިލިއަން ރުފިޔާ ނަގާފައިވާކަން ފުލުހުން ކުރި ތަހުގީގުތަކުން ވަނީ ހާމަވެފައެވެ. ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިދާރާއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަނުގެ 18 މުއައްޒަފަކު ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ޖަލުތަކަށް އެއްޗެހި ވެއްދުމުގެ މައްސަލާގައި މީގެ ކުރިން ކަރެކްޝަނަށް ނިސްބަތްވާ 8 އޮފިސަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ޖަލުތަކަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިދިނުމުގެ މައްސަލަތަކުގައި މިހާތަނަށް 13 އޮފިސަރަކު ހައްޔަރުކޮށްފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މާފުށިން ހައްޔަރުކުރި 9 މީހަކާއި، ކ. ކާށިދޫން ހައްޔަރުކުރި ދެ މީހެކެވެ. އިތުރުން ހއ. އުތީމް އަދި މާލެއިން މީހެކެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވީ، މިހާތަނަށް ތަހުގީގުކުރި ކުރުމުން އެކަން ހިންގާފައިވަނީ ކަރެކްޝަނުގައި މަސައްކަތްކުރާ ޖޫނިއާ މުއައްޒަފުންކަން ފާހަގަކުރެވިފައިވާކަމަށެވެ. އެމީހުންގެ ތެރެއިން 6 އޮފިސަރަކު ވަޒީފާއިން ވަކިވެފައިވީނަމަވެސް އެމީހުންގެ މައްސަލަތައް ބަލާނޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *