logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ފުވައްމުލަކުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 14 މީހަކު ހައްޔަރުކޮށްފި

ފުވައްމުލައްސިޓީ އަކީ މަސްތުވާތަކެތިން ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި "ވެށި ރައްކަލް" ގެ ނަމުގައި ފުލުހުން ކުރިއަށްގެންދާ ބޮޑު އޮޕަރޭޝަންގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފިއެެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ސިޓީ ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި، އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން، މި އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައިވާއިރު، 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި މި މައްސަލަތަކާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައިތިބީ ފަސް މީހުންނެވެ.

އޭގެ އިތުރުން މި އޮޕަރޭޝަންގައި، މަސްތުވާތަކެތީގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަދި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *