logo minivan

English

އަންގާރަ, 17 ސެޕްޓެމްބަރ 2024

ވަޒީރެއްގެ ކާރު އާންމު އުނދަގުލަކަށް ވާގޮތަށް ހުޅުމާލޭގައި ޕާކުކުރިި މައްސަލައެއް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރެއްގެ ކާރުކޮޅު ހުޅުމާލޭގައި އާންމު އުނދަގުލަކަށްވާ ގޮތަށް ޕާކުކޮށްފައި ބޭއްވި މައްސަލައެއްގައި އާންމުންގެ ޝަކުވާ ބޮޑުވެއްޖެއެވެ.

ހުޅުމާލޭގެ 99 ވަނަ ފްލެޓާއި 101 ވަނަ ފްލެޓާ ދެމެދުު އޮންނަ ހުސް ޖާގައަށް ނުވެދެވޭ ގޮތަށް ވަޒީރު ބޭފުޅާގެ ކާރު ބާއްވާފައި އޮތީ ގޯޅިއަަށް ވަދެ ނިކުމެ އުޅުމަށް އުނދަގޫވާ ގޮތަށް ހުރަހަށެވެ.

މި މައްސަލަ ބޮޑުވެފައިވަނީ ބަލި މީހަކުބަލާ ދިޔަ އެމްބިއުލާންސަށް އެ ގޯޅި ތެރެއަށް ނުވަދެވުމުންނެވެ.

އެހިސާބުގައި ދިރިއުޅޭ އާންމުން ބުނީ އާންމުނަށް ދަތިނުވާނެ ގޮތަށް ޕާކު ކުރެވޭނެ ޖާގަ އޮއްވައި، ވަޒީރުގެ ކާރު ގޯޅި ހުރަހަށް ޕާކުކޮށްފައި ދެ ދުވަސް ވަންދެން ބޭއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މާލޭގައި އާންމުންނަށް ދަތިވާ ގޮތަށް ޕާކްކޮށްފައި ހުރި ގިނަ އަދަދެއްގެ ކާރު ފުލުހުން ދާދި ފަހުން ވަނީ ޓޯޯކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *