logo minivan

English

އާދިއްތަ, 15 ސެޕްޓެމްބަރ 2024

ކުއާޓާ ފައިނަލަށް ދާން ސްވިޒަލެންޑުން ހެދީ ޖާދޫއެއް، އިޓަލީ ރޮއްވާލައިފި

ޔޫރޯގެ ތަށި ދިފާއުކުރަން ނިކުތް އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ރޮއްވާލުމަށްފަހު ސްވިޒަލުންޑުން ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ.

ޔޫރޯ 2024 ގެ ނޮކްއައުޓް ބުރުގައި ރޭ ސްވިޒަލެންޑުން އިޓަލީގެ މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގަައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އިޓަލީއިންނެވެ. ނަމަވެސް ސްވިޒަލެންޑުން ވަނީ ލިބޭ މަދު ފުރުސަތުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

އެގޮތުން މެޗުގެ 37 ވަނަ މިނެޓުގައި ސްވިޓްޒަލެންޑުން ވަނީ ގޯލުޖަހައި މެޗުގެ ލީޑުނަގައިފައެވެ. އެ ގޯލަކީ ރުބެން ވާގަސް ނެގި ހުރަހަކުން ރެމޯ ފްރެއުލާ ޖެހިގޯލެކެވެ.

އޭގެ ފަސް މިނެޓު ފަހުން ވެސް ސްވިޒަލެންޑުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެ ޓީމަށް އިޓަލީގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ފެބިއަން ފޮނުވާލި ނަމަވެސް އެ ބޯޅަ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުންމާ އަތުގަަައި ޖެހިފަައި ޖެހުނީ އަރިމަތީ ދަނޑީގައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ އިތުރު ގޯލެއްޖަހައި އިޓަލީ ހާސްކޮށްލަައިފައެވެ. އެ ގޯލަކީ އޭރިއާ ތެރޭގައި ހުރެ ވާގަސް ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

އެ މެޗުން މޮޅުވެ މިފަހޜު ޔޫރޯގެ ކުއާޓާ ފަައިނަލުން ޖާގަ ހޯދި ސްވިޒަލެންޑަކީ މިދިޔަ ޔޫރޯގެ ވެސް ކުއާޓާއަަށް ދަތުރުކުރި ޓީމެކެވެ. އެ ޓީމު މިދިޔަ އަހަރުގެ މުބާރާތުން ކެޓީ ކުއާޓާއިންނެވެ.

މިފަހަރު ކުއާޓާގައި އެ ޓީމު ޖެހޭނީ ނޮކްއައުޓް ބުރުގައި އިންގްލެންޑާއި ސްލޮވާކިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ބައްދަލުކުރާށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *