logo minivan

English

އަންގާރަ, 17 ސެޕްޓެމްބަރ 2024

ހައްޖުން އަންނަ މީހުން ބަލާ ވީހާވެސް މަދު މީހުން އެއާޕޯޓަށްދިއުމަށް އިލްތިމާސްކޮށްފި

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އަނބުރާ މާލެއަންނަ މީހުން ބަލާ އެއާޕޯޓަށް ވީހާވެސް މަދުބަޔަކު ދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ހައްޖުން އަންނަ ފަރާތްތައް ބަލާ ދިއުމުގައި ވީހާވެސް މަދުބަޔަކު އެއާޕޯޓަށް ދިއުމަކީ މިހާރުގެ ހާލަތަށް ބަލާއިރު، އެޅޭނޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެޗްޕީއޭއިން ވަނީ ހައްޖުން އަންނަ ފަރާތްތަކުން އަމަލުތައް ބަހައްޓާނޭ ގޮތުގެ އުސޫލްތަކެއް އާއްމުކޮށްފައެވެ.

މިގޮތުން އެއާޕޯޓް، ޓެކްސީ، ބަސް އަދި ފެރީގެ ތެރޭގައި އެންމެން މާސްކު އެޅުމާއި، ރޯގާޖެހި، ހުންއައިސް،ކެއްސާ އަދި ކިނބިހި އަޅާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ހާލަތެއްގައި ތަނަކަށް ދާނަމަވެސް މާސްކުއެޅުމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރޯގާގެ އަލާމާޓެއް ހުރިނަމަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ހައިރިސްކް ފަރާތްތަކާ ގައިދުރުކަން ބަހައްޓަންޖެހޭކަން އިލްތިމާސްކޮށް އެޗްޕީއޭއިން ބުނީ، އެއްވެސް އަލާމާތެއް ހުރެ ގިނަދުވަސްވާނަމަ، ނުވަތަ ބޮޑުވަރުވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާހޯދަން ޖެހޭނެ ކަމަށެވެ.

ހައްޖުހގެ އަޅުކަމަށްފަހު މިހާތަނަށް ދެ ގްރޫޕަކު ރާއްޖެ އައިސްފައިވާއިރު، މާދަމާގެ އިތުރުން މިހަފްތާގެ ބްރާސްފަތި ދުވަހުވެސް ހައްޖުވެރިން މާލެ އަންނާނެއެވެ.

ހައްޖުވެރިން ރާއްޖެ އަންނަން ފަށާފައިވާއިރު، ގައިންގަޔަށްއަރާ ނުރައްކާތެރި ބައްޔެއްކަމަށްވާ މެނިންގޮކޯކަލް ބަލި ރާއްޖެއިން ވަނީ ފެނިފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *