logo minivan

English

އަންގާރަ, 16 ޖުލައި 2024

ޖިއާން ބުނެދެނީ އަޒުމަކާ ހިއްވަރެއް އޮތީވިއްޔާ ނުވާނެ ކަމެއް ނޯނާނެ ކަމަށް

ގ.ދ ވާދޫ ނަޝޭމަން އުމުރުން 26 އަހަރުގެ އަލީ ޖިއާން އަހުމަދު ވަނީ އޭނާގެ ބަރުދަން 6 މަސް ދުވަހުގެ ތެރޭގައި 119 ކިލޯއިން 70ކިލޯ އަށް ލުއިކޮށްލާ ސްމާޓް ވެލާފައެވެ. އެހާރާ މިހާރަށް ބަލާލާއިރު އެއީ މުޅިން ދެ މީހެކޭ ބުނުމަކުން ދޮގަކަށް ނުވާނޭ ކަން ކަށަވަރެވެ. އެހާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އެހާ ބޮޑު ބަދަލުތަކެއް ހަށިގަނޑަށް ގެނައި ޖިއާން ބުނަނީ ވަރުގަދަ ހިތްވަރަކާއި އަޒުމެއް ހުރިއްޔާ ނުވާނެ ކަމެއް ނޯންނާނެ ކަމުގައެވެ.

ތިރީގައި މި ވަނީ ޖިއާން ހިކެން ކުރި މަސައްކަތާއި އެކަމުގެ ތެރެއަށް ވަދެވުނު ގޮތާ ބެހޭ ގޮތުން ކުރެވުނު ސުވާލުތަކާއި އޭނާގެ ޖަވާބެވެ.

ސ. އެހާ ބޮޑު ބަރުދަނެއް ހުރެފައި ކުއްލިއަކަށް ހިކެން ވިސްނި ސަބަބަކީ ކޮބާ؟

ޖ. އަހަރެން އެންމެ ކުޑަކުޑަ އިރުން ފެށިގެން ވެސް އަސްލު ހުންނަނީ ފަލަކޮށް. އޭރު ދެން ޖެހޭހާ އެއްޗެއް ކަމުން އެއްވެސް ވަރަކަށް ހަށިގަނޑަށް ބަލާ ނުލާ އުޅުނީ. އެކަމަކު ދެން އުމުރުން 25 ވީމަ ހިތަށް އެރީ އަމިއްލަޔަށް ވެސް އުޅެން އުނދަގުލޭ އެހެން ހިތާ އަމިއްލަ ނަފްސުދެކެ ލޯބިވާން ފެށީ، އެ ހިސާބުން އަސްލު ކޮންމެ ދުވަހަކު ވެސް ހެނދުނު ހަމަ އެކަނި ރަށްވަށާ ދުވެލަން ދާންފެށީ ފުރަތަމަ. އެކަމަކު އޭރަކު އެއްވެސް ބަދަލެއް ހަޑިގަނޑަކަށް ނާދޭ. އެހެންވެ ދުވަންދިއުން ދުވަސް ކޮޅަކަށް ހުއްޓާލީ. ދެން ފަހުން އަސްލު ހަރުދަނާ ޒިންމާދާރު ވަޒީފާއެއް ލިބުނު ހިސާބުން އިތުރު ހިއްވަރަކާ އަޒުމެއް އުފެދުނީ. ދެން ބޭނުންވީ މީހާގެ ޑިސިޕްލިން ހިފަހައްޓައި ވަކި ގޮތަކަށް ބައްޓަން ވެލަން އާ އަޒުމެއްގައި ކުރިއަށްދާން. އަސްލު ހިކޭކަށް ނޫން ކޮންމެހެން ބޭނުންވީ، ބޭނުންވީ ހެލްތީކޮށް ހުރެލަން. އެގޮތުން އަނެއްކާވެސް ދުވަންދާން ފެށީ. ރަށުގަ ނުހުރޭ ޖިމެއް ވެސް، ދެން ވަކި ހިސާބަކުން ހިތަށް އެރީ އަދި މިހެން މިކަމެއް ނުވާނޭ. ދެން އަމިއްލަ ގޭގައި ޖިމެއް ހެދީ. ފުރަތަމަ ދުވާ މެޝިނެއް އެކަނި އިންނާނީ ވެސް. ދެން މަޑު މަޑުން ޑަމްބެލްއާ އެއްޗެހި ގެނެސްގެން ގޭގަ ޖިމް ޖައްސަން ފެށީ. ސޯ މިހާރު ބޭސިކް ހުރިހާ ވަސީލަތެއް ޖިމްގަ ހުންނާނެ. 

ފޮޓޯ: ޖިއާންގެ ގޭގައި އިންނަ ޕާރސަނަލް ޖިމް

 119 ކިލޯ އިން 70 ކިލޯ އަށް އެހާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި  ތިރިކޮށްލީ ކިހިނެއް ؟

 ކާއެއްޗެހި ކުރިންކާހެން ކެއުން އެއްކޮށް ހުއްޓާލީ. ޝުގާ އެން އޮއިލް ހުންނަ އެއްޗެހި އެއްވެސް ވަރަކަށް ބޭނުން ނުކުރަންފެށީ. އެކަމަކު ފުރަތަމަ އެ އެއްޗެހި ހުއްޓާލީމަ ވަރަށް ބައިވަރު ހެލްތް އިޝޫޒްތަކާ ކުރިމަތިލާން ޖެހުނު، އެއީ ހަށިގަނޑަށް ލިބެން ޖެހޭ ވިޓަމިންސް އެއްޗެހި ނުލިބުމުގެ ސަބަބުން އަސްލު ވީގޮތެއް. އެހިސާބުން އަދި ރިއަލައިޒްވީ، ކެއުން މުހިންމު ކަން. ހިކެންޝޭ ކިޔާފައި ނުކައި ހުރުން އެއީ ހަށިގަނޑަށްދެވޭ އެހެން ގެއްލުމެއް ކަން. ސޯ އެ ހިސާބުން ގޫގުލް ސާޗް ކޮށް އެއީ ކިހިން ވާ ކަމެއްތޯއާ އަދި ކޮބައިތޯ ރަނގަޅު ގޮތަކީ ބަލަން ފެށީ. ބެލި އިރު އެންމެ ރަނގަޅީ ޕްރޮޓީން ހުންނައެއްޗެހި ކެއުން ސޯ އެގޮތަށް ކުރިއަށް ދާންފެށީ. އެގޮތުން މިސާލަކަށް މިހެން އުޅެމުން އެއްދުވަހު ކުޑަ ޗޮކްލެޓެއް ކެވުނިއްޔާ ކުރިއަށް އޮތް ތިން ދުވަހު ބަލަން މެޓައެއްހާ މިންވެސް އަނގަޔަށް ނުލާން.

ޖީމް ޖައްސަން ނުވަތަ ވަކި ގޮތަކަށް ކެއުން ބައްޓަން ކުރީ މީހެއްގެ ލަފާއާ އެކުގައިތަ؟

ޖ. ނޫން. އެއްވެސް މީހެއްގެ އައިޑިއާ އެއް ނުހޯދަން. ކެއުން ބައްޓަން ކުރީ ގޫގުލް އިން ބަލައި ސާރޗް ކޮށްގެން. އަމިއްލަ ހަށިގަނޑަށް އިސްކަންދޭން ފެށި ހިސާބުން އަބަދު ވެސް ޕްރޮޓީން ހުންނަ ކާއެއްޗިއްސަ އިސްކަންދޭން ފެށިން. އަދި އެ އެއްޗެހިން ހަށިގަނޑަށް ލިބެނީ ކިހާ ފައިދާއެއްތޯވެސް ބަލަން ފެށިން.

މިހާ މަދު ދުވަސް ކޮޅެއް ތެރޭ ހަށިގަނޑު ތިގޮތަށް ބައްޓަން ކޮށްލަން ދުވާލަކު ކިތަށް ފަހަރު ކަނީ؟

ކޮންމެ ދުވަހަކުވެސް ދެ މީލް ނަގަނީ. އެއީ ޕޮރޮޓީން ހުންނަ ދެ މީލް. އަބަދުވެސް ކާން ކޮންމެވެސް ވައްތަރެއްގެ ތަރުކާރީއެއް ބޭނުންކުރަން ފެށީ، އަހަރެން މީ އެހާ ފުރުޓު ކާން ލައިކްވާ މީހެއް ނޫން އެކަމަކު ހަފްތާ އަކު ކޮންމެވެސް ދެ ދުވަހަކު ރޭގަނޑު ވަގުތުގައި ގްރީން އެޕަލް އެއް ކާލަން. އަސްލު ކެއުން ވަކި ގޮތަކަށް ބެހެއްޓުން އެއީ އެންމެ މުހިންމު ކަންތަށް.

މިހާރު ކިހިނެއް ލައިފްގެ ޝެޑިއުލް ތިބަހައްޓަނީ ؟

ޑިއުޓީ އަށް ދިއުމުގެ ކުރިން ފުރަތަމަ ހެންދުނު ހޭލައިން ރަށްވަށާ ދުވެލަން ދަނީ. ދެން ޑިއުޓީ ނިންމާފަ އައިސް ކުޑަ ރެސްޓަކަށް ފަހު 3 ޖަހާކަން ހާ އިރު ދަނީ ޖިމަށް، ޖިމް ނިންމާފަ ބައެއް ދުވަސް ދުވަހު ކުޅެން ދަނީ އެކަމް ލައިފް އިނީ މިހާރު ހަމަ އެގޮތަށް ސެޓުވެފަ. ކޮންމެ ދުވަހަކު ހެނދުނު ދުވަން ދިއުމާ ޖިމަށް ދިއުމާ މިކަންކަމަށް ހޭނިފަ ހުންނަނީ މިހާރު.

ބަރުދަން ލުއި ކޮށްލަން ބޭނުންވާ މީހުންނަށް ޖިއާން ދޭންބޭނުންވާ މެސެޖަކީ ކޮބާ ؟

ޖ. ބަރުދަން ލުއިކޮށްލަން ބޭނުންވާ މީހުންނަށް ވެސް އަދި އެހެން މީހުންނަށް ވެސް ބުނެލަން ބޭނުން ވަނީ، ފުޑަކީ އަސްލު އަހަރުމެން އެންމެންގެ ވެސް އެންމެ ބޮޑު އެނެމީއޭ. ކާއެއްޗެހި ލިބުނަސް ބޭނުންހާ ގޮތަކަށް ކެއުން އެއީ ސަޅިކަމެއް ނޫނޭ. އަހަރުމެންނަށް މި އިންނަނީ ތިން އިރު ރަނގަޅަށް ކެއުން. އެކަމަކު އަހަރުމެން ކާންވީ ކާން ޖެހޭ މިންވަރަށް، އެ ވެސް ހަށިގަނޑަށް ފައިދާ ހުރި އެއްޗެހި. އެ އަށްވުރެން ގިނައިން ނުކާށޭ. އަބަދުވެސް ހަށިގަނޑަށް ފައިދާ ހުންނަ ކާއެއްޗިއްސަށް އިސްކަން ދޭށޭ. ހިކުން މީ ނުވާނެ ކަމެއް ނޫން. ވާނެ. ބޭނުން ވަނީ ހިތްވަރެއް. ފުރަތަމަ ކަސްރަތު ކުރަން ފަށާފައިރު ނަތީޖާއެއް ގިނަ މީހުންނަށް އެހާ އަވަހަކަށް ނުފެނާނެ. އެކަމަކު ވެސް ހިތްވަރު ދޫކޮށްލާ ހުއްޓާ ނުލަންވީ. މިކަމުގައި ބޭނުންވަނީ ވަރުގަދަ ހިތްވަރަކާ އަޒުމެއް. އަޒުމެއް އޮވެ އެހިތްވަރުގަ ކުރިއަށް ދަންޏާ ނުވެ ނުދާނެ. ބައެއް ފަހަރު ވަގުތު ނަގާނެ އެކަމަކު ވެސް ހިތްވަރު ކޮށްލާ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *