logo minivan

English

ހޮނިހިރު, 14 ސެޕްޓެމްބަރ 2024

އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

ގއ. ވިލިނގިލީގައި ހިނގި މާރާމާރީއެއްގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި ޒަހަމްކޮށްލި މައްސަލައިގައި ހައްްޔަރު ކުރި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަނދާ މެދު ގޮތެއް ނިންމުމަށް ރޭ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ހަތް ދުވަހަށް އޭނާ ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހާ މާރާމާރި ހިންގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ  32 އަހަރުގެ ފިރިހެނެކެވެ.

މި މާރާމާރީގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާއަށް އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *