މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނުގައި ބުނީ އެޕާޓީގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި އަދި އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވާ ހުކުރު ދުވަހު ކަމަށެވެ.
ގައުމީ މަޖިލީހުގެ ކުރިމަތިލާން ހުޅުވާލާފައިވަނީ 29 ދާއިރާއެއްގެ ދާއިރާ ރައީސް ކަމަށެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތުތައް:
- 1 ޖުލައި 2024 އާއި ހަމައަށް މިޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުން.
- ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައިވުން.
އެގޮތުން، އެމްޑީޕީން ވަނީ އެ މަގާމްތަކަށް ކުރިމަތިލާން ބޭނުންވާ މެންބަރުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށް އެދިފައެވެ.