logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ބުޅަލުގެ މައްސަލަ ހައްލުނުކުރެވުމުން މާލެ އާއި ހުޅުމާލެ ނަޖިސްވެއްޖެ

ސަރުކާރުން ވައުދުވި ގޮތަށް ބުޅަލުގެ މައްސަލަ ހައްލު ނުކުރެވި ދިގުލައި ދިއުމުގެ ސަބަބުން މާލެ އާއި ހުޅުމާލޭ ބުޅާ ނަޖިހުން ތަޣައްޔަރުވެއްޖެއެވެ.

މިހާރުވެސް މާލެ އާއި ހުޅުމާލޭ މަގުމަތިން ގިނަ އަދަދެއްގެ ބުޅާ ފެނެއެވެ. އަދި ހުޅުމާލޭ ފޭސް ދޭއްގެ ބައެއް ސަރަހައްދުތަކުގައި ބުޅާ ވަނީ ހާލި ހަދާފައެވެ.

މީގެ ކުރިން ސަރުކާރުން ވަނީ މާލެ އާއި ހުޅުމާލޭގައި ގިނަވަމުންދާ ބުޅަލުގެ މައްސަލަ ހައްލުކުރުމަށް ޚާއްސަތަނެއް ހެދުމަށް ނިންމާފައެވެ. އެހެންނަމަވެސް އެފިޔަވަޅު ނޭޅި ދިގުލައި ދިއުމުގެ ނަތީޖާއަކީ މާލެ އާއި ހުޅުމާލެ ނަޖިސްވުމެވެ.

"މިހާރު އާންމު އުނދަގުލަކަށް ވާވަރު ވެއްޖެ މިބުޅާތަކުގެ މައްސަލަ،" މާލޭ ބަންޑާރަ މިސްކިތްކައިރީގައި ގުރޫޕު ހަދައިގެން އުޅޭ ބުޅާތަކަށް އިޝާރާތްކުރަމުން އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

ހުޅުމާލެއިން ބައްދަލުވި މީހަކު އެކަމަށް ޖަހާލީ ޖޯކެކެވެ؛ "ރީހެބަށް މީހުން ފޮނުވާހެން އެސޮރުމެނަށް އަދި ކިޔޫ ތަރުތީބު ލައްވާ ނުލަނީ. އެނގޭކަމަކީ ބުޅާ ވަނީ ހައްތަހާ ގިނަކަން. މިހާރު މުޅިން ނަޖިސްވެއްޖެ."

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ