logo minivan

English

އަންގާރަ, 17 ސެޕްޓެމްބަރ 2024

ހިޔާ ޓަވަރު 15 ގެ އެޕާޓްމަންޓަކުން ދުން އަރާތީ ފަޔަރ ޓީމުން ހަރަކާތްތެރިވެއްޖެ

ހިޔާ ޓަވަރު 15 ގެ އެޕާޓްމަންޓަކުން ދުން އަރާތީ ފަޔަރ ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިވަގުތު ހިޔާ ޓަވަރު 15 ކައިރީހުރި މިނިވަންގެ ރިޕޯޓަރު އަލީ ހުސައިން ބުނީ ދުން އަރަނީ ޓަވަރު 15 ގެ 10 ވަނަ ފަންގިފިލާއިން ކަމަށެވެ.

"ވީގޮތަކީ ގަރުދިޔަ ތެލި އުދާފައި ހަނދާންނެތިގެން އުނދުން ނިވާނުލެވި ބޭރަށް ދެވުނީ. ފަޔަރުން އައިސް އެޕާޓްމަންޓް ދޮރު ވައްޓާލުމުގެ ކުރިން އެގޭ މީހަކު އައިސް ދޮރުހުޅުވައިފި. ނަސީބަކުން ބޮޑުހާދިސާއެއް ހިނގުމުގެ ކުރިން އުނދުން ނިވާލައިފި" މިނިވަންގެ ރިޕޯޓަރު އަލީ ބުންޏެވެ.

އެޕާޓްމަންޓުން ދުން އަރާތީވެ ފަޔަރަށް ރިޕޯޓްކުރީ އަވައްޓެރިއެކެވެ.

މިހާރު އެ އެޕާޓްމަންޓުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *