logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ހަރަދު ބޮޑުވުމުން މަނިޕާލް ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި

އިންޑިއާގެ މަނިޕާލު ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގުތައް ބޮޑުވުމުން އެ ހޮސްޕިޓަލުން ދެމުންއައި އާސަންދައިގެ ހިދުމަތް ހުއްޓާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެންސްޕާއިން ބުނީ، މަނިޕާލް ހޮސްޕިޓަލުން ދިވެހިންނަށް ދެމުންއައި އާސަންދައިގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ. އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލި ނަމަވެސް އެ ހިދުމަތް ހޯދުމަށް ލިޔުންދީފައިވާ ފަރާތްތަކަށް އަދިވެސް މަނިޕާލް ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ލިބޭނޭކަމަށް އެންސްޕާއިން ބުނެއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވެފައިވަނީ މަނިޕާލް ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލީ އަގުތައް ބޮޑުވުމުންކަމަށާއި، އެކަމާއި ގުޅޭގޮތުން އެ ހޮސްޕިޓަލާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

މަނިޕާލް ހޮސްޕިޓަލަކީ އިންޑިއާގެ ހޮސްޕިޓަލްތަކުގެ ތެރެއިން ނިސްބަތުން އަގުތައް ބޮޑު ހޮސްޕިޓަލެއްކަމަށް އެ ހޮސްޕިޓަލުން ހިދުމަތް ހޯދަމުންއަންނަ ދިވެހިން ފާހަގަކުރެއެވެ. އިންޑިއާގެ ވަރަށްގިނަ ސިޓީތަކުގައި މަނިޕާލް ހޮސްޕިޓަލްތަ ހުރެއެވެ. އިންޑިއާ އަކީ ރާއްޖެއިން ބޭރުން ދިވެހިން އެންމެ ގިނައިން އާސަންދައިގެ ހިދުމަތް ހޯދާ ޤައުމެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *