logo minivan

English

އާދިއްތަ, 15 ސެޕްޓެމްބަރ 2024

ކަޅު ބާޒަރުގައި ޑޮލަރު ވިއްކި އިތުރު ދެ ބިދޭސީއަކު ޑިޕޯޓްކުރަނީ

ކަޅު ބާޒާރުގައި ޑޮލަރު ވިއްކި މައްސަލައެއްގައި އަނެއްކާވެސް އިތުރު ދެ ބިދޭސީއަކު ހައްޔަރުކޮށް އެ މީހުން ޑީޕޯޓްކުރަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެެއްގައި ބުނީ އެމީހުން އަތުލައިގަތީ، މާލޭގެ ޑޮލަރު އޭޓީއެމެއް ކައިރިން އިއްޔެ ކަމަށާއި މިއީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ސްޕެޝަލް ރެއިޑު އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރި ދެ މީހުން ކަމަށެވެ.

އަދި ހައްޔަރުކުރި ދެ މީހުންނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބަންގްދަލޭޝްގެ ބައެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެގޮތުން، އިމިގްރޭޝަނުން ބުނީ އެ މީހުންގެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނާތީ ޑީޕޯޓް ކުރެވެން ދެން ބަންދުގައި ބަހައްޓާފައިވާ ކަމަށެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކި މައްސަލާގައި އިތުރު ދެމީހަކު ޑީޕޯޓްކުރަން ނިންމާފައިވާއިރު، މިދިޔަ މާޗް މަހުގެ ތެރޭގައި މި މައްސަލައިގައި ވަނީ ހަ ބިދޭސީއަކު ޑީޕޯޓުކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *