logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އެމްއެމްޕީއާރްސީގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.

އެމްއެމްޕީއާރްސީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނީގެ ބޯޑަށް އައްޔަންކޮށްފައިވަނީ އަބްދުލް ސަމީއު އިމާދާއި، އައިޝަތު ހަމީދު ކަމަށެވެ.

ދާދި ފަހުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވަނީ އައްޔަންކޮށްފައެވެ.

މި މަގާމުގައި މީގެކުރިން ހުންނެވީ ފާތިމަތު ތައުފީގެވެ. އޭނާ ވަނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު އެ މަގާމުން ވަކިކޮށްފައެވެ. އެއަށްފަހު ވަގުތީ ގޮތުން އެ ކުންފުނި ހިންގަމުން ދިޔައީ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ބައްސާމެވެ.

އެމްއެމްޕީއާރްސީއަކީ ރާއްޖޭގެ ޓޫރިޒަމް ބައިނަލްއަގުވާމީ މާކެޓްގައި ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރައިން ޖަނާހުވެސް ދާދިފަހުން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ނޫރައިން ގެ އިތުރުން އެމްއެމްޕީއާރުސީ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރު ރާފިލްވެސް ވަނީ ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ