logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ދިވެހިން އާންމުކޮށް ތިބޭ ބޭންކޮކްގެ ނިއު އެމްޕަޔާ ހޮޓަލުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް

ވިޔަފާރީގެ ބޭނުންތަކަށް ބެންކޮކަށްދާ ދިވެހިން ޒަމާނުއްސުރެ ތިބޭ ނިއު އެމްޕަޔާ ހޮޓަލުގައި ރޭ ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގައި ހޮޓަލުގެ ބިއްދޮށް ފަރާތުގައި ހުރި ބައެއް އިމާރާތްތައް އަލިފާނުގެ ސަބަބުން ބިމާ ހަމަވެފައިވާއިރު، ހޮޓަލުގެ ބައެއް ކޮޓަރިތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ.

އަލިފާނުގެ ހާދިސާ ރޭ ހިނގި ވަގުތު ހޮޓަލުގައި ތިބީ ކިތައް ގެސްޓުންކަމެއް އަދި ދިވެހިން ތިބި އަދަދެއް އަދި ސާފެއް ނުވެއެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ހާނިއްކަވިކަންވެސް އަދި ކަށަވަރެއް ނުވެއެވެ.

"ރެއަކީ ވަރަށް ބިރުވެރި ރެއެއް. ހޮޓަލުގައި ހިފާފައި ހުރި ހުޅުގަނޑުގެ އަސަރު އެންމެ ބޮޑަށްކުރީ ހޮޓަލުގެ ބިއްދޮށްފަރާތުގައި ހުރި އިމާރާތްތަކަށް. އެތަނުން އެއް ބްލޮކް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި،" ނިއު އެމްޕަޔާ ހޮޓަލާ ވަރަށް ކައިރީގައި ދިވެހިންނަށް ޚާއްސަ ރެސްޓޯރަންޓެއް ހިންގަމުން އަންނަ ޒާރާ މިނިވަންއަށް ކިޔައިދިނެވެ.

މި ހޮޓަލަކީ ބެންކޮކްގެ ޗައިނާ ޓައުންގައި ހުންނަ އެންމެ ޒަމާންވީ އެއް ހޮޓަލެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *