logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރައީސް މުއިއްޒު އާއެކު ޕީއެންސީގެ ޖަލްސާއެއް މިރޭ ބާއްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަޑައިގަންނަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އެ ޕާޓީގެ ހަރުގެ ކަމަށްވާ އާޓިފިޝަލް ބީޗް ކުރިމަތި، ހ. ވެޔޮވިލާގައި މިރޭ 8:30 ގައެވެ.

ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީން ބުނީ ޖަލްސާގައި ރައީސްގެ އިތުރުން މިނިސްޓަރުންނާއި ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތުން، ޕީއެންސީން ވަނީ އެ ޕާޓީއަށް ސަޕޯޓްކުރާ އެންމެންނަށް ވެސް ދައުވަތު އަރުވާފައެވެ.

ޕީއެންސީގެ މައި ހަރުގެ މިދިޔަ މަހުގެ ތެރޭގައި ހުޅުވި ފަހުން މިހާރު އަންނަނީ ސިލްސިލާކޮށް ޖަލްސާތައް ބާއްވަމުންނެވެ. އެ ޕާޓީގެ ހަރުގެ ހަދާފައިވަނީ ކުރިން ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީގެ ވެސް ހަރުގެ ހިންގި ތަނުގައެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ