logo minivan

English

ބުރާސްފަތި, 12 ޑިސެމްބަރ 2024

ސީއެޗްއެސްއީގައި ނަމާދުކުރަން ޖާގަ ތަނަވަސް ތަނެއް ހުޅުވައިފި

ހުޅުމާލޭގައި ހުންނަ ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައި ނަމާދު ކުރަން ހާއްސަ ތަނެއް ހުޅުވައިފިއެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސީއެޗްއެސްއީގައި ހެދި ތަނަކީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ފަންޑުކޮށްގެން ހެދި އެ ތަނަކީ ޖާގަ ތަނަވަސް ތަނެއް ކަމަށާއި އެތަނުގައި ވުޟޫކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއްފަހަރާ 40 ދަރިވަރުންނަށް ނަމާދު ކުރެވޭ ގޮތަށް، ގާއިމުކުރި މި ބައި ހުޅުވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

ސީއެޗްއެސްއީގައި 1،700 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

މާލޭގައި ކުރިން ސީއެޗްއެސްއީ ހިންގި އިމާރާތުގައި އަލުން ކިޔަވައި ދޭން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވި ގޮތުގައި އޭ ލެވެލް އަށް ކިޔަވައިދޭ އާ ސްކޫލެއް މާލޭގައި އަޅަން ވެސް މި ސަރުކާރުން އޮތީ ނިންމާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *