logo minivan

English

ހޮނިހިރު, 14 ސެޕްޓެމްބަރ 2024

ފެކްޓަރީތަކުން މީހުން ކަނޑަމުންދާ ކަމަށް މިފްކޯއިން އެއްބަސްވެއްޖެ

މިފްކޯގެ ވަޒީފާއިން ވަކިކުރަނީ ފަރުވާ ކުޑަކުރާ މީހުން ކަމަށާއި އެގޮތަށް އަމަލުކުރާ ކުރާ އެންމެން ވަޒީފާއިން ވަކިކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޅ. ފެލިވަރުގައި ހުންނަ މިފްކޯގެ މަސް ފެކްޓްރީގައި މަސައްކަތްކުރާ ވަރަށް ގިނަ މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ އެ މީހުން ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ލިޔުންތައް އާންމު ކުރަމުންނެވެ.

"އެ ކަނޑާލި (ފެލިވަރުން) މީހުންނަކީ ޖެހިޖެހިގެން ފަސް ދުވަހު އޮފީހަށް ނާންނަ މީހުން. މުޅި އަހަރު ތެރޭ 15 ދުވަސް އޮފީހަށް ނައިސްފިނަމަ އެއްވެސް ޝަރުތަކާ ނުލައި އެ މީހުން އޮޓޮމެޓިކަލީ ވަޒީފާއިން ވަކިކުރެވޭ ގޮތަށް މި އޮންނަނީ،" މިފްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

"އެއީ ޕޭރޯލް ނިމުނު ފަހުން އެ މީހުން ޑޮކިއުމެންޓުތައް ހުށަހަޅާފައި ހުރީ. އަހަރުމެން ވަރަށް ކުރިން ބުނެދޭން ފަށައިފިން ކުންފުނީގެ މާލީ ހާލަތު ރަނގަޅެއް ނޫނޭ. ކުންފުނި އެބަ ޖެހޭ އިންޖިނިއަރިންގް ޕްރޮގްރާމްތަކެއް ހިންގައި ރީ-ސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރަން."
މިހާތަނަށް ވަކިކުރީ ކިތައް މުވައްޒަފުން ކަމެއް މިފްކޯއިން އަދި ނުބުނެއެވެ.

މިނިވަންއަށް އެނގިފައިވާ ގޮތުގައި ފެލިވަރާއި ކޫއްޑޫ ޢަދި އައްޑޫއިން ވެސް ގެންދަނީ މުވައްޒަފުން ކަނޑަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކުރަން ހުރި މަސައްކަތާއި ލިބޭ ޢާމުދަނީއާ ނުބައްދަލު ޢަދަދަށް މީހުންތިބިނަމަ ދެކޮޖެހޭނެ މިންވަރަށް މީހުން މަދުކުރުމަކީ އެއްމެ ފައިދާހުރިގޮތް އެހެންނޫނީ މުޅި ކުންފުނި އުވާލަން ޖެހިދާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *