logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ހިސާން ނައިބް ރައީސަކަށް ގެނައުމަށް ގައުމީ މަޖިލީހަށް ޝާހިދު ހުށަހަޅުއްވައިފި

ހިސާން ހުސައިން އެމްޑީޕީގެ ނާއިބް ރައީސަކަށް ހަމަޖެއްސުމަށްޓަކައި ގައުމީ މަޖިލީހުގެ ރުހުން ހޯދުމަށް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ހުށަހަޅުއްވައިފިއެވެ.
"އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ⁦‪އެމްޑީޕީ އަށް މެދުކެނޑުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވަމުންގެންދަވާ، ޕާރޓީގެ ލީގަލް ޑިރެކްޓަރު އަލްއުސްތާޒާ ⁦‪
އައްޔަން ކުރުމަށް ގަސްތުކޮށް، އެކަމަނާ އެ މާގާމަށް ޢައްޔަނު ކުރުމަށް ޤައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް އަސާސީ ގަވާއިދުގައި ވާގޮތުގެމަތިން މިއަދު އަޅުގަނޑު ހުށަހަޅައިފީމެވެ." ޝާހިދު މިއަދު އެކްސްގައި އާންމު ކުރެއްވި މެސެޖެއްގައިވެއެވެ.
ޝާހިދުގެ ވިދާޅުވެފައިވާ ގޮތުގައި ‏އަލްއުސްތާޒާ ޙިސާން ޙުސެއިން މިޕާޓީއަށާއި، ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިޙްލާސްތެރި ގިނަގުނަ ޚިދުމަތްތަކަށް ބަލާއިރު، އެކަމަނާއަކީ މި މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް އޭނާ ދެކިލައްވައެވެ.
"‏އެމްޑީޕީގެ ލީޑަރޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދުކަމާއެކު މި ނިންމުމުގައި އެކަމަށްވެސް އަޅުގަނޑު ވިސްނުން ބަހައްޓާފައިވާނެއެވެ." ޝާހިދު ވިދާޅުވެފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ