logo minivan

English

އަންގާރަ, 17 ސެޕްޓެމްބަރ 2024
މިހާރު

ވޭނުގައި އެއްޗެއް ގޮވިކަމުގެ ނިޝާނެއް ނެތް: އެމްއެންޑީއެފް

ގަލޮޅު ރެހެންދި ހިނގުމުގައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި ބާރުގަދަ އަޑެއް ގޮވައިގެން އެ ސަރައްދުގައިި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ނަމަވެސް އެމްއެންޑީއެފުން ބުނީ ގަލޮޅު ކަންމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓެއް ލިބުމުން މި ބާވަތުގެ ކަންކަމުގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާއާ އެއްގޮތަށް ކަންކަން ކުރަމުން ދާ ކަމަށާއި މިހާތަނަށް ބެލިބެލުމުން އެއްވެސް ގޮވާ އެއްޗެއްގެ ނިޝާނެއް ފެނިފައިނުވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ސިފައިން އެ ސަރަހައްދު ބަލާފާސްކޮށްފައިވާއިރު، އެ ވޭނަށް އެއްވެސް ގެއްލުމެއް ލިބިފައިވާތަން ބޭރުން ފެންނާކަށް ނެތެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *