logo minivan

English

އަންގާރަ, 16 ޖުލައި 2024

އާސަންދައިގެ ދަށުން މިހާރު، ހުރިހާ ދިވެހިންނަށް މެޑިކަލް ޗެކަޕް ހެދޭނެ: އާސަންދަ

އާސަންދައިގެ ދަށުން މިހާރު ހުރިހާ ދިވެހިންނަށްވެސް އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދޭނޭކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނިން މިއަދު ބުނީ، މިހިނގާ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން، އުމުރުން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންގެ މެޑިކަލް ހެދުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. މިއީ ސަރުކާރުން ކުރިންވެސް އެ އުމުރުފުރާގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލުމަށް ތާވަލުކޮށްފައި އޮތް ތާރީހެވެ. އާސަންދައިން ބުނީ ސަރުކާރުގެ ކޮންމެ ހެލްތު ސެންޓަރަކުން ނުވަތަ ހޮސްޕިޓަލަކުންވެސް އާސަންދައިގެ ދަށުން މިހާރު މެޑިކަލް ޗެކަޕް ހެދޭނޭ ކަމަށެވެ.

އާސަންދައިގެ ދަށުން މީގެ ކުރިން އުމުރުން ދުވަސްވީ މީހުނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް، ހިލޭ ހެލްތު ޗެކަޕް ހެދުމުގެ ޕްރޮގްރާމަށް އުއްމީދުކުރިވަރުގެ ތަރުހީބެއް ލިބެމުން ނުދާކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.

އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕްގެ ހިދުމަތް ސަރުކާރުން ތައާރަފްކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުއެވެ.

ސަރުކާރުން މި ހިދުމަތް އެންމެ ފުރަތަމަ ތައާރަފްކޮށްފައިވަނީ 50 އަހަރުން މަތީގެ މީހުންނަށެވެ. އޭގެފަހުން އޭޕްރިލްމަހު ވަނީ އުމުރުން 35 އަހަރާއި 49 އަހަރުގެ މީހުންނަށް ހިލޭ ހެލްތު ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އާސަންދަ މެދުވެރިކޮށް ހިލޭ ހެލްތު ޗެކަޕް ހެދުމުގެ ފުރުސަތު ދިނުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތައް ދުރާލައި ދެނެގަތުމަށްޓަކައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *