ލ. ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
ފުލުހުން ބުނީ ލިންކް ރޯޑުުން މާންދޫން ގަމަށް ދަތުރު ކުރަމުންދިޔަ ކާރެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ ކާރުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަަމަށާއި މިކަމާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަަމަށެވެ.