logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

އެމްއެމްޕީއާރްސީގެ ޗެއާޕަސަން ކަމަށް އަބްދުﷲ ގިޔާސް އައްޔަންކޮށްފި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ އެމްއެމްޕީއާރްސީގެ ޗެއާޕަސަން ކަމަށް އަބްދުﷲ ގިޔާސް އައްޔަންކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ޗެއާޕަސަންގެ މަގާމަށް ގިޔާސް އައްޔަންކޮށްފައިވަނީ މިއަދުގެ ވަގުތެއްގައިކަން އޭނާ ވަނީ ޔަގީންކޮށްދީފަ އެވެ.

ގިޔާސް އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އެވެ. އަދި އިނަ މޯލްޑިވްސްގެ ޑީއެމްޑީވެސްމެ އެވެ. އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގް އަކީ ގިޔާސްގެ ބޭބެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގިޔާސް ވަނީ އެމްއެމްއޭ ބޯޑު މެންބަރުކަންވެސް ކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ ޗެއާޕަސަން ކަމަށް ގިޔާސް އައްޔަންކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު އިސްތިއުފާ ދެއްވުމުންނެވެ. ނޫރައިން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *