logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މުޅި ދުނިޔޭގެ ދުލުން ޔަމާލުގެ ނަން، މަޝްހޫރު ހުރިހާ ކުޅުންތެރިން ހައިރާންކޮށްލައިފި

އެންމެ ރަނގަޅުވާނީ އިނގިރޭސީވިލާތުގެ ފުޓްބޯޅަ ތަރި ޑެވިޑް ބެކަމްގ ވާހަކައިން ފެށިއްޔާއެވެ. ބާސެލޯނާ އަށް ކުޅެމުން އަންނަ ޔަމާލަކީ ޔޫރޯގައި ސްޕޭނުގެ އެންމެ އަލިގަދަ ތަރި އެވެ. އުމުރަކީ އެންމެ ސޯޅަ އަހަރެވެ. ޑޭވިޑް ބެކަމަށް މިކަން އަދިވެސް ގަބޫލެއް ނުކުރެވެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި 16 އަހަރުގެ ކުއްޖަކަށް ލިބިފައިނުވާ ފަދަ މެޗުއަރިޓީއެއް ޔަމާލުގެ ކިބައިގައި އެބަހުއްޓެވެ. އެހެންވެ ބެކަލް ގަބޫލުކުރާ ގޮތުގައި ޔަމާލަށް މިހާރު 25 އަހަރު ވެދާނެއެވެ.
"އޭނާ އެ ކުޅެނީ ރަހުމަތްތެރިކަމުގެ މެޗެއް ކުޅޭހެން، އެއްވެސް ޕްރެޝަރެއް ނެތް. އެއީ ވަރަށ އާދަޔާ ޚިލާފު ކަމެއް. ހިތަށްވެސް ނުގެވޭ ފަދަ ގަބޫލުކުރަން އުަނދަގޫ ހުނަރެއް،" ބެކަމް ބުނެފައިވެއެވެ.
ފަރަންސޭސިވިލާތުގެ ކުރީގެ ކެޕްޓަން ޒައިނުއްދީން ޒިދާން ބުނެފައިވަނީ ޔަމާލަކީ މުޅި ފުޓްބޯޅައިގެ ތާރީޚުގައިވެސް އުފެދުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ކަމަށާއި އޭނާގެ ކުޅިވަރުގެ އަހުލާގު އެގޮތުގައި ދަމަހައްޓައިފިނަމަ ދުނިޔޭގެ ހުރިހާ ރެކޯޑެއް އޭނާ މުގުރާލާނެއެވެ.
"މޮޅު.ވަރަށް މޮޅު، އާދަޔާ ޚިލާފު ހުނަރު. ހާސްކަމެއް ނެތް ކުޅުމެއް. ބޯޅައާއެކީ އެދައްކާ މޮޅު ހުނަރުން އޭނާގެ މުސްތަގުބަލު ވަރަށް އުޖާލާ،" ޒިދާން ބުންޏެވެ.
ޕޯޗްގަލްގެ ކުރީގެ ކެޕްޓަން ލުއިސް ފީގޯ ބުނީ ޔަމާލަކީ ޕޯޗްގަލް ޓީމުގެ ކުޅުންތެރިއަކަށްވީނަމަ ވަރަށް އުފާވީސް ކަމަށެވެ.
"އޭނާގެ ކުޅޭއިރު ލޯ އެހެން ދިމާލަކަށް ނުގެންދެވޭ. އެހާވެސް އޭނާ ހުށިޔާރު، މޮޅު،" ފޯގޯ ބުންޏެވެ.
އޭނާގެ އުމުރާމެދު ޑޭވިޑް ބެކަލް ސުވާލު އުފެއްދިއިރު، ޔަމާލަށް މުޅިން އެހެން މައްސަލައެއްވެސް ކުރިމަތިވެއްޖެއެވެ. އެއީ ޖަރުމަނުގެ ގާނޫނާ ޚިލާފު ވެދާނެކަމުގެ ބިރެވެ. އޭނާ އަށް 17 އަހަރު ފުރޭނީ ޔޫރޯ ފައިނަލް ނިމޭތާ އެއް ދުވަސް ފަހުންނެވެ. ބޮޑު ފައިނަލަކަށް ނުކުންނައިރު ކުރިމަތިވެފައިވާ ބޮޑު ސުވާލަކީ ޖަރުމަނުގެ ގާނޫނާ ހިލާފަށް ޔަމާލަށް ކުޅެން ޖެހިދާނެ މައްސަލަ އެވެ. ޖަރުމަނުގެ ގާނޫނު ބުނގޮތުން އުމުރުން 18 އަހަރު ނުވާ އެއްވެސް ކުއްޖަކު ރޭގަނޑު 9ގެ ފަހުން މަސައްކަތް ކުރުމަކީ ގާނޫނީ ކުށެކެވެ. މި ގާނޫނު މިހެން އޮތަސް ފުޓްބޯޅަ ކުޅުންތެރިންނަށް 11 ޖަހަންދެން ކުޅުމުގެ ފުރުސަތު ލިބެ އެވެ. އެކަމަކު އެއީ މެޗު ނިންމާފައި ފެންވަރައި ޓީވީ އިންޓަވިއުދީ ހުރިހާ ކަމެއް ވެސް ނިންމަންޖެހޭ އެންމެ ފަހު ވަގުތެވެ. ސްޕޭނާއި އިނގިރޭސިން ކުޅޭ ފައިނަލް މެޗު ފަށާނީ ޖާމަނީގެ ގަޑިން 9 ޖަހާއިރު އެވެ. މެޗުގެ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެން ޖެހިއްޖެނަމަ ޔަމާލަށް ޖަރުމަނުގެ ގާނޫނާ ހިލާފު ވެވޭނެ އެވެ.
ސްޕޭންގެ ފުޓްބޯޅަ އިދާރާއިން ބުނެފައިވަނީ އެކަންކަމާ ބެހޭ ގޮތުން ޖަރުމަނުގެ އޮފިޝަލުންނާ ވާހަކަ ދެކެވި ގޮތްތަކެއް ތަރުތީބު ކުރެވިފައިވާ ކަމަށެވެ. އޭގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *