logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

އަންބާނީ އާއިލާއަށް އުފާވެރި ރެއެއް: އާނަންތު އާއި ރާދިޔާ ކައިވެނިކޮށްފި

މަޝްހޫރު މަހުޖަނު މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓް ރޭ ކައިވެނިކޮށްފި އެވެ.

އާނަންތު އާއި ރާދިކާ ކައިވެނި ކުރީ ރޭ މުމްބާއީގެ ޖިއޯ ވޯލްޑް ސެންޓަރުގައި ބޭއްވި ބޮޑު ހަފުލާގަ އެވެ. މި ކުލަގަދަ ހަފުލާގައި އެ ދެމީހުންގެ އާއިލާގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު ބައިވެރިވި އެވެ. ބައެއް ނޫސްތަކުން ސިފަކޮށްފައިވާ ގޮތުގައި "މިއީ މިހާތަނަށް ދުނިޔޭގައި ބޭއްވި އެންމެ ބޮޑު ކައިވެނީގެ ހަފުލާ" އެވެ.

ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހަށް މިހާރު ކުރިއަށް ގެންދާ ކައިވެނީގެ އެކި ހަފުލާތަކަށް އަމްބާނީ އާއިލާއިން ވަނީ 320 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އޭގެ ތެރޭގައި، ހަފުލާގެ ހަރަދުތަކުގެ އިތުރުން މެހުމާނުންނަށް އެކޮމޮޓޭޑްކުރުމަށްޓަކައި ހިނގި ހަރަދުތައް ވެސް ހިމެނެ އެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ބޭއްވި މި ކައިވެންޏާ ގުޅޭ އެކި ހަފުލާތަކަށް މިހާތަނަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ދަ ގާޑިއަން އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ދުނިޔޭގެ ގިނަ މަހުޖަނުންނާއި ޝާހީ އާއިލާތަކުގެ ބޭފުޅުންނާއި ހޮލީވުޑް އަދި ބޮލީވުޑްގެ ތަރިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެ ދެމީހުންގެ ކައިވެނީގެ ކުރިން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ހަފުލާތަކުގައި ވެސް ބައިވެރިވެފަ އެވެ. އަދި ބާބޭޑޮސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ވަނީ އޭގެން ހަފުލާއެއްގައި ޕާފޯމް ވެސް ކޮށްފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *