logo minivan

English

ހޮނިހިރު, 14 ސެޕްޓެމްބަރ 2024

މާރަންދޫ ކައުންސިލްގެ ނައިބުރައީސް، ކުއްލިގޮތަކަށް ނިޔާވެއްޖެ

ހއ.މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަމީޒް ކުއްލިގޮތަކަށް މިރޭ ނިޔާވެއްޖެއެވެ.

ރަމީޒު ނިޔާވެފައިވަނީ ދިއްދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ. ރަމީޒު ދިއްދޫ ހޮސްޕިޓަލަށް ގެނދިޔައީ މާރަންދޫގައި ފުޓްބޯޅަ މެޗެއް ކުޅެމުންދަނިކޮށް މާބޮޑަށް ވަރުބަލިވާތީވެ މެޗުން ފޭބިފަހުން ހޮޑުލައި ހާލު ދެރަވުމާ ގުޅިގެންނެވެ.

މާރަންދޫއިން މިނިވަންއާ ވާހަކަދެއްކި މީހަކު ބުނީ ރަމީޒަކީ ސިއްހީ މައްސަލައެއް ހުންނަ މީހެއްކަން އެނގިފަ ނުވާކަމަށާއި، މެޗްތެރޭގައި އެކަމެއް ދިމާވިއިރުވެސް ބަލިވެ އުޅޭކަން އެނގިފައި ނުވާކަމަށެވެ. ރަމީޒަކީ އެމްޑީޕީއަށް ނިސްބަތްވާ އެޕާޓީގެ މެމްބަރެކެވެ. އެމްޑީޕީން ވަނީ ރަމީޒުގެ ކުއްލި ވަކިވެ ދިއުމާ ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

މާރަންދޫން ވާހަކަ ދެއްކި މީހަކު ބުނީ ރަމީޒަކީ މީހުންނާ ވަރަށް ގުޅޭ، ހަރަކާތްތަކުގައި ނަގާކިޔާ އިސް ހަރަކާތްތެރިއެއް ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *