logo minivan

English

ހޮނިހިރު, 14 ސެޕްޓެމްބަރ 2024

ސައިން ލެންގުއޭޖް ކޯހެއް އަންނަ މަހު ފަށަނީ

ސައިން ލޭންގުއޭޖް ނުވަތަ އިޝާރާތުގެ ބަހުރުވަ ދަސްކޮށްދިނުމުގެ ކޯސްތަކެއް ފަށަން ނިންމައިފިއެވެ.

މި ކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމްގެ އިސްނެންގެވުމުގެ މަތިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތައް މަދުކޮށް، އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމަޢުގެ އެކި ކަންކަމުގައި ބައިވެރިވެ އުޅުމުގެ ފުރުޞަތު އެފަރާތްތަކަށް ވެސް މަގުފަހިކޮށް ދިނުމުގެ ގޮތުންނެވެ.

ކޯސް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ.

އެގޮތުން ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދޭން ތިބޭ މުވައްޒަފުންނަށް ކޯސް ކުރިއަށް ގެންދިއުމުގައި އިސްކަން ދެވޭނެކަމާއި، މިއީ ސެލްފް-ޕޭސްޑްކޮށް ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާ ކުރެވިފައިވާ ކޯހެއް ކަމަށެވެ.

ސޯޝަލް މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޚާއްސަ އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި އެކި ދާއިރާތަކުގެ ހުނަރުތައް އުނގަންނައި ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *