logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ތިން މީހަކު ހޯދަން އިޢުލާންކޮށްފި

ފުލުހުން ތަހުގީގުކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހާޒިރުކުރަން އިއުލާނުކޮށްފި އެވެ.

ފުލުހުންގެ ހިދުމަތުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ މީހުން ހޯދަމުންދަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެ ތިން މީހުންނަކީ، ކ.ކާށިދޫ ރިވެލި، އީސާ ވަސީމް (37އ) އާއި ކ. ތުލުސްދޫ ބްލޫވޭވް، މުހައްމަދު އިސްމާއިލް (48އ) ގެ އިތުރުން ސ. ހިތަދޫ، ސްޕަންޖްގެ އަހުމަދު ހޫދު، (26އ) އެވެ.

އެ މީހުން ހާޒިރުވާން ޖެހެނީ ފުލުހުން ބުނިގޮތުގައި އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށެވެ. ހާޒިރުވާން ޖެހެނީ މި މަހުގެ 21 ވަނަ ދުވަހުގެ 12:00 އަށެވެ

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *