logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ޔަމާލް އާއި ފުޓްބޯޅައާއި ދެމެދު އާދައާއި ޙިލާފު ގުޅުމެއްވޭތަ!

ޔަމާލް ގެ ފުރިހަމަ ނަމަކީ  "ލަމައިން ޔަމާލް ނަސްރޯއީ އެބާނާ" އެވެ. ޔަމާލް ގެ ބައްޕައަކީ މޮރޮކޯއަށް އުފަން މޮނީރު ނަސްރޯއީއެވެ. ޔަމާލްގެ ބައްޕަ އަކީ ސްޕެއިންގައި އިމާރާތްތަކުގައި ކުލަލުމުގެ މަސައްކަތްކުރާ ކުންފުންޏެއްގައި މަސައްކަތްކުރަމުންއައި މީހެކެވެ. ޔަމާލްގެ މަންމަ އަކީ ސްޕެއިންގެ ރެސްޓޯރެންޓެއްގައި ވެއިޓަރ އެއްގެ މަސައްކަތްކުރަމުންއައި އެކުއެޓޯރިއަލް ގިނީ އަށް އުފަން ޝެއިލާ އެބާނާއެވެ. ޔަމާލް އަކީ އެދެމަފިރިންގެ ފުރަތަމަ ދަރިއެފުޅެވެ. ޔަމާލް އުފަންވެފައިވަނީ ސްފެއިންގެ އެސްޕްލޫގްސް ގައި 2007 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.

ފުޓްބޯޅަ ކުޅެންފެށުން

ޔަމާލްގެ ސަޕޯޓަރުން ބުނަމުންދަނީ ޔަމާލްއަކީ ފުޓްބޯޅައާއި އާދައާއި ޙިލާފު ގުޅުމެއްވާ ފަރާތެއްކަމަށެވެ. ޔަމާލްގެ އެއްމެ ތުއްތު އިރުންފެށިގެން ކަންކަން ހިނގާފަހުރި ގޮތްތައް އެކި ފަރާތްތަކުން ގެނެސްދޭއިރު އެ އާދައާޙިލާފު ގުޅުމުގެވާހަކަ ދަނީ ދައްކަމުންނެވެ.

އެގޮތުން ޔަމާލްއަށް އުމުރުން އެއްމެ 6 މަހުގައި ސްޕެއިން ގައި ކުރިއަށްދިޔަ ޗެރިޓީ ހަރަކާތެއްގެ ތެރެއިން މެސީ ފެނިގެން ޔަމާލްގެ މަންމަ މެސީއަށް ޔަމާލް އުރާލަން ދީގެން ނަގާފައިވާ ފޮޓޯއާއި ޔަމާލް މޮޅަށް ފުޓްބޯޅަ ކުޅެން ފަށާފައިވާ އުމުރު އެއީ އެކަމުގެ ދަލީލުކަމުގައި އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޔަމާލް އަކީ އަމިއްލައަށް ކަންކަން ދެނެގަނެވޭ އުމުރުން ފެށިގެން ފުޓްބޯޅައަށް ވަރަށް ޝައުގުވެރިކަން ދެމުންއައި ކުއްޖެއްކަމަށް އޭނާގެ މައިންބަފައިން ބުނެފައިވެއެވެ. އެގޮތުން ޔަމާލް އާއި ބެހޭގޮތުން އޭނާގެ މައިންބަފައިން ބުނެފައިވަނީ ބޯޅައެއް ކިކް ކޮށްލަނލިބޭ ކޮންމެ ފުރުސަތަކީ އޭނާއަށް އަގުހުރި ފުރުސަތެއްގެ ގޮތުގައި ދިއައީ އެ ފުރުސަތުގެ ބޭނުންކުރަމުންކަމަށާއި އަދި ތުއްތު އިރުންފެށިގެންވެސް ޕްރޮފެޝަނަލް ކުޅުންތެރިންގެ ފޮޓޯއަށާއި ވީޑިއޯ ތަކަށް ޙާއްސަ ޝައުގުވެރިކަމެއް ދެމުންއައި ކަމަށެވެ. މިގޮތުން ހާއްސަކޮށް ލިއޮނަލް މެސީ އަށް އޭނާ ވަރަށްބޮޑަށް ޝައުގުވެރިކަން ބަހައްޓަމުންގެންދިއަ ކަމަށެވެ.

ޔަމާލް އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅުނީ އޭނާގެ އުފަން ރަށް ސްޕެއިންގެ އެސްޕްލޫގްސް ޑި ލޮބްރެގާޓް ގައި ދިރިއުޅެމުން ދުވަސްވަރު އެސަރަޙައްދުގެ ލޯކަލް ކްލަބެއް ކަމަށްވާ ރޮކަފޮންޑާ އަށެވެ. ނަމަވެސް ޔަމާލްގެ އުމުރުން ތިން އަހަރުގައި އޭނާގެ މައިންބަފައިން ވަކިވުމާގުޅިގެން ޔަމާލް މަންމައާއެކު ގްރެނޯލަރސްއަށް ބަދަލުވެ އުމުރުން އެއްމެ 4 އަހަރުގައި އެރަށުގެ ލޯކަލް ކްލަބެއް ކަމަށްވާ ލާ-ޓޮރެޓާގައި ފުޓްބޯޅަ ކުޅެން ފެށިއެވެ. އެދުވަސްވަރު ލަ-މެސިއާ (ކުޑަ މެސީ) ގެ ނަމުން ޔަމާލް މަޝްހޫރު ވުމާއިގުޅިގެން އުމުރުން 6 އަހަރުގައި އެފްސީ ބާސެލޯނާގެ ޔޫތު އެކަޑަމީ އާއި ގުޅުމުގެ ފުރުސަތު ޔަމާލް އަށް ލިބުނެވެ. އެހެންކަމުން 2014 ވަނަ އަހަރު ޔަމާލް ގެ ދިއުޅުން ސްޕެއިންގެ ބާސިލޯނާ އަށް ބަދަލުކުރިއެވެ.

އުމުރުން އެންމެ 7 އަހަރުގައި ޔަމާލް ވަނީ ސްޕެއިންގައި ކުރިއަށްގެންދިއަ "ސެވަން އަ ސައިޑް ފުޓްބޯޅަ" މުބާރާތެއްކަމަށްވާ "ލީގް އޮފް ޕްރޮމިސް" ގައި މޮޅު ކުޅުމެއްދައްކައި  ބާސިލޯނާ ޔޫނިއާ ޓީމަށް 7 ލަނޑު ކާމިޔާބުކޮށްދީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އެ މުބާރާތުގެ ފައިނަލް މެޗުގައި ރިއާލްމެޑްރިޑުން 2-0 ގެ ނަތީޖާއަކުން ބާސިލޯނާ ބަލިކުރިނަމަވެސް އެ މެޗުގެ ހީރޯގެ ގޮތުގައިވެސް މަޝްހޫރުވެގެންގޮސްފައިވަނީ ޔަމާލްއެވެ.

ސީނިއާ ފުޓްބޯލަ ކެރިއަރާއި ކާމިޔާބީ

ބާސިލޯނާގެ ޔޫނިއަރ ފުޓްބޯޅް އެކަޑަމީގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ ގޮތުގައި ޔަމާލް ވިދާލައި ޔޫނިއާރ ޓީމުގައި އިސް ރޯލެއް އަދާކުރަމުންދިޔަ ޔަމާލް 2022-23 ވަނަ އަހަރުގެ ސީޒަނަށް ޔޫތު އޭ ސްކޮޑުގައި ހިމެނުނެވެ. އެމުބާރާތުގައި ޔަމާލް ކުޅެމުންގެންދިޔަ ކުޅުންފެނި ބާސިލޯނާގެ ކޯޗް ޒަވީ ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބާސިލޯނާގެ ސޮކޮޑާއެކު ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ޔަމާލް އަށް ދީފައެވެ.

ޔަމާލް އަކީ ސްޕެއިންގެ ހުރިހާ ފުރައެއްގެ ގައުމީ ޓީމަކަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެގޮތުން U15, U16, U17, U18, U19 ގެ ޓީމަށް ކުޅެފައިވެއެވެ. އަދި އުމުރުން 16 އަހަރުގައި ސްޕެއިންގެ ގައުމީޓީމަށް 2023 ވަނައަހަރު ވަނީ ކުޅެން ފަށައިފައެވެ. އަދި ސްޕެއިންގެ 23 އަހަރުންދަށުގެ މޮލު ކުޅުންތެރިޔާގެ މަގާމުވެސް މިދިއަ އަހަރުގެ އޮގަސްޓް މަހު ޔަމާލް އަށް ވަނީ ލިބިފައެވެ.

ސީނިއަރ ކުލަބް ފުޓްބޯޅައިގައި ޔަމާލް އެއްމެ ފުރަތަމަ ދަނޑުމައްޗަށް ނިކުތީ އުމުރުން 15 އަހަރުގައެވެ. އެގޮތުން ޔަމާލްގެ ފުރަތަމަ މެޗަކީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ސްޕެނިޝް ލަލީގާގައި ބާސިލޯނާ އާއި ރެއާލް ބެޓިސް ބައްދަލުކުރިމެޗެވެ. ގަވީގެ ބަދަލުގައި ޔަމާލް ކުޅެން ނިކުތް އެމެޗުން ބާސިލޯނާ މޮޅުވީ 4-0 އިންނެވެ. އެމެޗާއެކު ޔަމާލް ވެފައިވަނީ ލަލީގާގެ ތާރީހުގައި ކުޅުނު 5 ވަނައަށް އެއްމެ ޒުވާން ކުޅުންތެރިޔާއަށެވެ. އޭރު ޔަމާލްގެ އުމުރަކީ 15 އަހަރާއި 9 މަހާއި 16 ދުވަހެވެ. އަދި މީގެ 100 އަހަރު ކުރިން 1922 ވަނަ އަހަރު ބާސިލޯނާ ޓީމަށް ކުޅުނު އުމުރުން 15 އަހަރުގެ އާމަންޑޯ ސާގީއަށް ފަހު ބާސެލޯނާ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ ގެ މަގާމުވެސް އެ މެޗާއެކު ޔަމާލްއަށްވަނީ ލިބިފައެވެ. 2022-23 ވަނަ އަހަރުގެ ސްޕެއިން ލީގު ކާމިޔާބުކުރި ޓީމުގައި ހިމެނި ޔަމާލް ވަނީ 14 މެއި 2023 ގައި ބާސާއާއެކު ފުރަތަމަ ތަށި ހޯދާފައެވެ.

ޔަމާލް ވަނީ ލަލީގާގެ މެޗެއްގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެއްމެ ހަގު ކުޅުންތެރިޔާގެ މަގާމުވެސް އުމުރުން 16 އަހަރުގައި ހޯދާފައެވެ.  އެ މަގާމު ޔަމާލް އަށް ލިބުނީ 28 އޯގަސްޓް 2023 ގައި ބާސިލޯނާ ވިޔަރެއާލް ބައްދަލުކުރި މެޗުގައެވެ. އަދި އެމެޗުގައި ޔަމާލް އަށްވަނީ ލަލީގާގެ މެޗެއްގައި އެސިސްޓް ދިން އެއްމެ ހަގު ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައެވެ. 3-4 އިން ބާސިލޯނާ މޮޅުވި އެމެޗްގައި ގަވީ އާއި ރޮބަޓް ލެވަންޑޯސްކީ ޖެހި ދެ ގޯލުވެސް އެސިސްޓް ކޮށްދީފައިވަނީ ޔަމާލްއެވެ.

2 އޮކްޓޯބަރު 2023 ގައި ޔަމާލް 1 ބިލިއަން ޔޫރޯގެ ކްލޯޒް އަކާއެކު ވަނީ ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން 2026 ވަނަ އަހަރާ ހަމައަށް އިތުރުކޮށް އޭގެ ދެ ދުވަސް ފަހުން ޗެމްޕިއަންސް ލީގުގައި ޕޯޓޯއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ޔަމާލް ވެގެންގޮސްފައިވަނީ ޗެމްޕިއަންސް ލީގްގައި ކުޅުނު އެއްމެ ހަގު ކުޅުންތެރިޔާ އަށެވެ. އޭރު ޔަމާލްގެ އުމުރަކީ 16 އަހަރާއި 83 ދުވަހެވެ.

ޔަމާލް ވަނީ ބާސެލޯނާއަށް ގޯލް ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ އިތުރުން ލަލީގާގައި ގޯލްޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.

ސްޕެއިންގެ ގޯލްޑަން ބޯއީ އެވޯޑަށް ނޮމިނޭޓްވި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމާއި ގޯލްޑަން ބޯއީ އެވޯޑް ހޯދި އެއްމެ ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް 4 ޑިސެމްބަރު 2023 ގައި ޔަމާލް އަށް ވަނީ ލިބިފައެވެ.

ސުޕަކޯޕާ ގެ ސެމީ ފައިނަލުގައި އޮސަސޫނާ އަތުން 2-0 އިން ބާސިލޯނާ މޮޅުވި މެޗްގައި ގޯލް ޖަހައިދީގެން ޔަމާލް ވަނީ އުމުރުން 16 އަހަރާއި 182 ދުވަހުގައި ސުޕަކޯޕާގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ.

ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ގްރަނާޑާއާ ބާސިލޯނާ 3-3 އިން އެއްވަރުވި މެޗުގައި ލަމިން ވަނީ ދެ ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. އެއާއެކު ޔަމާލް ވެފައިވަނީ ލަލީގާގެ ތާރީހުގައި އެއް މެޗުގައި 2 ގޯލް ޖެހި އެއްމެ ހަގު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އަދި ލަލީގާގައި 10 އަށްވުރެ ޖަހައި އެސިސްޓް ކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ވެސް 16 އަހަރާއި 213 ދުވަހުގެ ތެރޭގައި ޔަމާލްވަނީ ހޯދާފައެވެ.

އަދި މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގައި ބާސެލޯނާ އާއި ނަޕޯލީ ބައްދަލުކުރި މެޗުގައި ކުޅެ އުމުރުން 16 އަހަރާއި 223 ދުވަހުގައި ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ޔަމާލްވަނީ ހޯދާފައެވެ.

ޔަމާލްގެ ނަސްލު

ޔަމާލްގެ ބައްޕައަކީ މޮރޮކޯ އަދި ޔަމާލްގެ މަންމައަކީ އިކުއިޓޯރިއަލް ގިނީ މީހަކަށްވީ ނަމަވެސް ޔަމާލްއަކީ ސްޕެއިންއަށް އުފަން ސްޕެއިންގެ މީހަކަށްވާތީ ޔަމާލް އަށް 3 ގައުމުގެ ގައުމީ ޓީމު ތަމްސީލު ކުރެވޭނެ އެވެ.

ކުޅުމުގެ ވައްޓަފާޅި

ޔަމާލް އަކީ ވާތު ފައިން ކޫޅޭ ޑްރިބްލިން، ޕާސިން އަދި ފިނިޝިން ކާމިޔާބު ކުޅުންތެރިއެކެވެ. ސްޓްރައިކަރެއްގެ ގޮތުގައި ،އެޓޭކިން މިޑްފީލްޑަރު ނުވަތަ ވިންގާއެއްގެ ގޮތުގައި، މައިގަނޑު ގޮތެއްގައި ކުޅެވޭނީ ކަނާތް ފަރާތުގަ އެވެ.

ޔަމާލްގެ ޓެކްނިކަލް ޕްރޮފައިލާއެކު ފުޓުބޯލަ ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ ޔަމާލްއަކީ މެސީގެ ކުޅުން ކޮޕީކޮށް އެގޮތަށް ކުޅޭ ކުޅުންތެރިއެއްކަމުގައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *