logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އެމްއޭސީއެލަށް އެންމެގިނަ ފައިސާ ދައްކަންޖެހި، ނުދައްކާ އޮތް ކުންފުންޏަކީ އައިލެންޑް އޭވިއޭޝަން

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް އެންމެގިނަ ފައިސާ ދައްކަންޖެހި، ނުދައްކާ އޮތް ކުންފުންޏަކީ އައިލެންޑް އޭވިއޭޝަންކަމަށް އެމްއޭސީއެލްގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން ނެރެ އާއްމުކޮށްފައިވާ އެމްއޭސީއެލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ 2022 ގެ ނިޔަލަށް އެކި ފަރާތްތަކުން އެމްއޭސީއެލްއަށް 776 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހޭކަމަށެވެ. އޮޑިޓް ރިޕޯޓްގައިވާގޮތުން އެމްއޭސީއެލަށް އެންމެގިނަ ފައިސާ ދައްކަންޖެހޭ އައިލެންޑް އޭވިއޭޝަނުން 351.6 މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތެވެ. މި ރިޕޯޓަށް ބަލާއިރު، 2016 ވަނަ އަހަރުން ފެށިގެން އައިލެންޑް އޭވިއޭޝަނުން އެމްއޭސީއެލަށް ޤަވާއިދުން ބިލްތަކަށް ފައިސާދައްކަމުން ގެންގޮސްފައެއް ނުވެއެވެ.

ވޭތުވެދިޔަ 7 އަހަރަށް ބަލާއިރު، އައިލެންޑް އޭވިއޭޝަނުން އެންމެބޮޑު އަދަދެއް ނުދައްކާ އޮތީ 2021 ވަނަ އަހަރެވެ. އެއަހަރު އެކަނިވެސް އައިލެންޑް އޭވިއޭޝަނުން އެމްއޭސީއެލަށް 248 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހެއެވެ. މީގެ އިތުރުން 504 ފަރާތަކުން އެމްއޭސީއެލަށް 386 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހެއެވެ.

އައިލެންޑް އޭވިއޭޝަނުގެ އިތުރުން އެމްއޭސިއެލަށް ދެން އެންމެގިނައިން ފައިސާ ދައްކަންޖެހޭ ތަނަކީ ހުޅުލޭ އައިލެންޑް ހޮޓަލެވެ. އެ ހޮޓަލުން އެމްއޭސީއެލަށް 28.3 މިލިއަން ރުފިޔާ ދައްކަންޖެހެއެވެ.

އެމްއޭސީއެލްގެ ބިލްތަކަށް ފައިސާ ދައްކަންޖެހޭ އިތުރު ފަރާތްތައް:

  • ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން: 4,598,996 ރުފިޔާ
  • މޯލްޑިވްސް ޕޯސްޓް ލިމިޓެޑް: 2,765,502 ރުފިޔާ
  • އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު: 2,557,305 ރުފިޔާ
  • އެހެނިހެން ކުންފުނިތަކުން: 386,212,229 ރުފިޔާ

އެމްއޭސީއެލަށް ލިބެންޖެހޭ ފައިސާއަށް ބަލާއިރު، އެންމެގިނައިން ފައިސާ ނުދީހުރީ ޖެޓްފިއުލް އަޅައިދީގެން ދައްކަންޖެހޭ ފައިސާއެވެ. އައިލެންޑް އޭވިއޭޝަނުން އެކަނިވެސް ޖެޓްފިއުލް އަޅައިދީގެން 253 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހެއެވެ. މީގެ އިތުރުން ލޭންޑިން/ޕާކިން ފީގެ ގޮތުގައި 22 މިލިއަނަށްވުރެ ގިނަ ރުފިޔާ އެމްއޭސީއެލަށް ދައްކަންޖެހެއެވެ. އެމްއޭސީއެލަށް 2022 ވަނަ އަހަރުގެ ނިޔަލަށް ނުލިބިވާ ފައިސާގެ ތެރެއިން 52 އިންސައްތައަކީ ސަރުކާރު ކުންފުނިތަކުން ލިބެންޖެހޭ ފައިސާ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *