logo minivan

English

ހޮނިހިރު, 14 ސެޕްޓެމްބަރ 2024

އިސްލާމިކް މިނިސްޓްރީން މީޑިއާ މައުރަޒެއް

އިސްލާމިކް މިނިސްޓްރީން މީޑިއާ މައުރަޒެއް ބޭއްވުމަށް ނިންމައިފި އެވެ.

މި މައުރަޒު ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.

މި މައުރަޒާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ މި މައުރަޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގަތްތާ އަށް މަސް ފުރޭ މުނާސަބަތާ ގުޅިގެން، އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހާތަނަށް ހާސިލުކުރެވިފައިވާ ކަންކަން މީޑިއާ އާ ހިއްސާކުރުމަށް ބާއްވާ މައުރަޒެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މިހާތަނަށް އެ މިނިސްޓްރީން ކުރެވިފައިވާ ހުރިހާ މަސައްކަތްތަކާ ގުޅޭ ތަފުސީލީ މައުލޫމާތު މި މައުރަޒު މެދުވެރިކޮށް މީޑިއާތަކަށް ލިބޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ އަހްބާރުގެ ނަމުގައި މަޖައްލާއެއް ނެރުމުންނެވެ. މިހާތަނަށް އެ މަޖައްލާގެ ތިން އަދަދެއް ވަނީ ނެރެފަ އެވެ. މި މަޖައްލާގައި ހަފުތާ 14 ގެ ދަށުން އެ މިނިސްޓްރީއަށް ކަންކަން ހާސިލުކުރެވިފައިވާ މިންވަރާއި އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިއަށް ގެންދާ އެކި ހަރަކާތްތަކާ ގުޅުންހުރި މައުލޫމާތުތައް ދަނީ ޝާއިއުކުރަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *