logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އަޒުހަރު ޔުނިވަސިޓީން ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި

މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ރާއްޖެ އަށް ލިބުނު ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަންޑަގްރެޖުއޭޓް ލެވެލް އަށް ކިޔެވުމަށް ލިބުނު ސްކޮލަޝިޕްތަކަށް ކުރިމަތިލާން ސްރީ ލަންކާގައި ހުންނަ މިސްރު އެމްބަސީން އަންގާފައިވާ ކަމަށެވެ.

ނަމަވެސް ލިބުނު ސްކޮލަޝިޕްތަކެއް އަދަދެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އެގޮތުން، ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 1 އާ ހަމައަށެވެ. އަދި މި ލިންކް https://service.azhar.eg/Services/ForeignStudentRegistration މެދުވެރިކޮށް ސްކޮލަޝިޕްތަކަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އިތުރު މައުލޫމާތު މި ވެބްސައިޓް www.azhar.eg/splash.html އިން ލިބޭނެއެވެ.

ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަން މިނިސްޓްރީން އެދެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *