logo minivan

English

އާދިއްތަ, 15 ސެޕްޓެމްބަރ 2024

މަސްތުވާތަކެތީގެ މައްސަލައެއްގައި މަޑިފުށި މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ އިބްރާހީމް ރަޝާދު، ތ. މަޑިފުށި / މިޝަން (41އ) އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގުކުރަމުންދާ، މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް، އާދަމް ޙަލީމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، އަންނަ އަންގާރަ ދުވަހުގެ 12:00 އަށް، އޭނާ ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *