logo minivan

English

އާދިއްތަ, 24 ނޮވެމްބަރ 2024

ގަވަރުނަރު ކޮމިޓީއަށް ހާޒިރުވެވަޑައެއް ނުގެންނެވިި، މާދަމާ ކޮމިޓީން ގޮތެއް ނިންމާނެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމަށް، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ފަހު ފުރުސަތެއް ދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލަ އިއްޔެ އާއި މިއަދުވެސް އެޖެންޑާ ކުރި އެވެ.

އިއްޔެ އެކޭ އެއްގޮތަށް މިއަދު 11 ޖެހިިއިރު އޮތް ކޮމިޓީގެ ބައްދަލުވުމަށްވެސް ވަޑައިނުގަންނެވުނީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ހާޝިމް ވަނީ އަންގާފަ އެވެ. އެހެންވެ މާދަމާ އިތުރު ފުރުސަތެއް ދޭން ކޮމިޓީން ވަނީ ނިންމާފަ އެވެ.

"… މާދަމާވެސް އަޅުގަނޑުމެން އެ މައްސަލަ އެންމެ ފަހު ދުވަހުގެ ގޮތުގައި ޖަވާބުދާރީވާން ފުރުސަތު ދޭން" ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ. އެއަށް ފަހު އިތުރަށް ހުރި ކަންކަމާއިގެން ކުރިއަށް ގެންދާނެ ކަމަށް މުގައްރިރު ވިދާޅުވި އެވެ.

ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރުމަށް ކޮމިޓީން ފާސްކުރީ މި މަހުގެ 2ގަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *