logo minivan

English

އާދިއްތަ, 15 ސެޕްޓެމްބަރ 2024

ކަރަންޓް އަގުބޮޑުވާ މައްސަލައިގެ ބަހުސް ކުރި ފަހުން މަޖިލިސްއިން ކަރަންޓު ކެނޑިއްޖެ

ފާއިތުވި މަސްތަކުގެ ކަރަންޓު ބިލުތައް "އިންތިހާއަށް" ބޮޑުވެފައިވާތީ އެކަން ތަހުގީގުކުރުމަށް ގޮވާލާ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސްކުރެއްވިފަހުން މަޖިލީހުގެ އިދާރާއިން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ފެށުމަށްފަހު ޖަލްސާގެ ލައިވްސްޓްރީމް ދިޔައީ އިރު އިރުކޮޅާ ކެނޑެމުންނެވެ. ކުއްލި މައްސަލައަށް މެމްބަރުން ބަހުސްކުރައްވަމުން ގެންދަވަނިކޮށް، މިއަދުގެ މެންދުރު ފަހު ދަންފަޅީގެ ލައިވްސްޓްރީމް ވެސް މެދުކެނޑުނެވެ.

އެއަށްފަހު ޖަލްސާ އަލުން ފައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިހާރު މަޖިލީހަށް ކަރަންޓުދެމުންދަނީ ބެކަޕް ޖެނަރޭޓަރެއް ބޭނުން ކޮށްގެން ކަމަށެވެ. އަދި އެ ބޭނުންކޮށްގެން ކަރަންޓު ދެވޭނީ ކިހާއިރެއް ވަންދެންކަން ނޭނގޭތީ އޭނާ ނިންމެވީ ޖަލްސާ މިއަދަށް ނިންމާލުމަށެވެ.

"މިވަގުތު ރަންކުރަމުން މިގެންދަނީ ބެކަޕް ޖެނަރޭޓަރުގައި. އެހެންނަމަވެސް ބެކްއަޕް ޖެނަރޭޓަރުން ހަމައެކަނި ޕަވާ ކުރެވިފައިވަނީ ޗެމްބާ އެކަނި. ދެން ހުރިހާ ފަންކްޝަންތަކެއް އެބަހުރި މިހާރު، ސްޓްރީމްވެސް ކުރެވެމުންދަނީ. އެހެންނަމަވެސް ބެކަޕް ޖެނަރޭޓަރުގައި އަޅުގަނޑުމެންނަށް ހިފެހެއްޓޭނީ ކިހާއިރަކު ކަމެއް އަޅުގަނޑުމެންނަށް ނޭނގޭ. އެހެންމަ ގަސްތުކުރަނީ މިއަދުގެ ޖަލްސާ މިހާހިސާބުން ނިންމާލާފައި އެޖެންޑާ ދެން އަންނަ ދުވަހަކުން ކުރިއަށްދާން." ނާޒިމް ވިދާޅުވި އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *