logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ކާނާ ވިހަވި ފަސް ދަރިވަރަކު އައިސީޔޫގައި. އެކެއްގެ ހާލު ވަރަށް ސީރިއަސް

އައްޑޫސިޓީ ޕޮލިސް އެކަޑަމީގައި ތަމްރީނު ހަދަމުންދިޔަ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ކާނާ ވިހަވި ހާދިސާގައި މިހާތަނަށް 5 ދަރިވަރަކު އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައ ޕޮލިސް އެކަޑަމީގައި ތަމްރީނުތައް ހަދަމުންދިޔަ 32 ދަރިވަރެއް ކާނާ ވިހަވެގެން މިރޭ އައްޑޫ އިކުއެޓޮރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މީގެ ތެރެއިން ފަސް ދަރިވަރަކަށް އަދިވެސް ފަރުވާދެމުން ދަނީ އައިސީޔޫގައި ބާއްވައިގެންނެވެ. މީގެ ތެރެއިން އެއް ދަރިވަރުގެ ހާލު ވަރަށް ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މީޑިއާތަކާ ވަހަކަދައްކަވަމުން ހިތަދޫ ޕޮލިސް ސްޓޭޝަން އިންޗާޖް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ އިބްރާހީމް (ޑީޑީ) ވިދާޅުވެފައިވަނީ، ކާނާ ވިހަވީ މިރޭ ކެއުމުގައި ބޭނުންކުރި ކޮންމެވެސް އެއްޗެއްގެ ސަބަބުން ކަމަށެވެ. ކާނާ ވިހިވުމުގެ މައްސަލަ ދިމާވީ މިރޭ އިރާކޮޅު 20:00 ހާއިރުއެވެ.

ކާނާ ވިހަވި މައްސަލަ ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ކޮލެޖުގައި 100 ވަރަކަށް ދަރިވަރުން ތަމްރީނުތައް ހަދަމުންދެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ